ދީނުގައި ކަނޑައެޅިފައިވާ ޙުކުމް ތަކާއިމެދު ފާޑުކިއުމުގެ ޙައްގެއް އެއްވެސް ފަރާތަކަށް ނޯންނާނެއެވެ.

ނަންބަރު: AP-PR/2013/05

ނޫސްބަޔާން

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين

      ށ. ފޭދޫގެ 15 އަހަރުގެ ކުއްޖެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވުމާއި ގުޅިގެން އެކުށަށް އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އަދަބު ކަމުގައިވާ ހައްދު ޖެހުމަށް ކޯޓުން ކުރި ޙުކުމާއިމެދު ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަ ދައްކަމުން އެބަދެއެވެ. އޭނާގެ މައްޗަށް ހައްދުޖަހަން ޙުކުމް ކޮށްފައިވަނީ އޭނާގެ ދޮންބައްޕަ ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގުމުން ކަމުގައި ބުނެ މަސްއަލައިގެ ޙަގީގަތް އޮޅުވާލަމުން އެބަދެއެވެ. ނަމަވެސް ކޯޓުން ޙުކުމްކޮށްފައިވަނީ ކުރިން އިޝާރަތްކުރެވިފައިވާ މައްސަލައިގެ އިތުރުން އަމިއްލަ އިޚުތިޔާރުގައި ކޮށްފައިވާ ޒިނޭއެއްގެ މައްޗަށެވެ.

      އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙުކުމަކާއިމެދުގައި ފާޑުކިޔުމުގެ ޙައްޤެއް އެއްވެސް މުސްލިމަކަށް ނޯންނާނެއެވެ. ސޫރަތުލް އަޙުޒާބުގެ 36 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ޥަތަޢާލާ އަންގަވާފައިވަނީ (وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا) “އަދި ﷲ އާއި އެއިލާހުގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ކަމަކަށް ޙުކުމް ކުރައްވައިފިހިނދު މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށްވެސް އެޙުކުމާއިމެދު އެއްވެސް އިޚުތިޔާރެއް ލިބިގެނެއް ނުވެއެވެ.” ވީމާ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ޝަރުޢީ ކޯޓަކުން ކުރެވޭ ދީނުގެ މިފަދަ ޙުކުމްތަކަށް ފާޑުކިޔައި ޚިޔާލު ފާޅުކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. މިފަދަ ޢަމަލުތަކަކީ އިސްލާމްދީނުގެ ޢަދުއްވުންނަށް ހިތްވަރުލިބި، ޢާންމު ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅި، ދީނުގައި ކަނޑައެޅިފައިވާ މިފަދަ ޙުކުމްތައް އުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ފުރުޞަތެކެވެ. އަދި މިފަދަ ޙުކުމްތަކާއިމެދު ނުރުހުންފާޅުކުރުމަކީ އީމާންކަމާއި ފުށުއަރާ ކަމެއްކަމުގައި ﷲ ސުބުޙާނަހޫ ޥަތަޢާލާ ވަނީ އަންގަވާފައެވެ. ސޫރަތުއްނިސާ ގެ 65 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. (فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا) ” އެހެންނަކުން ނޫނެވެ. ކަލޭގެފާނުގެ ވެރި އިލާހު ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި ކަލޭގެފާނު ޙުކުމްވެރިކޮށްފުމަށްދާންދެން އެއުރެން އީމާން ވީކަމުގައި ނުވާނެތެވެ. އެހިނދު ކަލޭގެފާނު ނިޔާކުރެއްވި ގޮތާއިމެދު އެއުރެންގެ ހިތްތަކުގައި ދަތިކަމެއްވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން އެނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ.”

      އަދި މިފަދަ ޙުކުމްތައް ތަންފީޒުކުރުމުގައި އެއްވެސް އޯގާތެރިކަމެއް ނުބޭއްވުމަށްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަންގަވާފައެވެ. (الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّـهِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ) މާނަޔަކީ: ” ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ.”

      އިސްލާމް ދީނުގައި އައިސްފައިވާ މިފަދަ ޙުކުމްތަކުގެ ބޭނުމަކީ ފާޙިޝް ކަންތައްތަކާއި ނުބައި ކަންތަކުން މުޖުތަމަޢު ޙިމާޔަތްކޮށް އެމުޖުތަމަޢުގައި އަމަން އަމާންކަން ގާއިމް ކުރުމެވެ. އެއީ ފަހަރެއްގައިވެސް އަނިޔާވެރިވުމެއް ނޫނެވެ. ބައިނަލްއަޤުވާމީ ބައެއް ފަރާތްތަކުން ހައްދުޖެހުމަކީ އިންސާނީ ކަރާމަތާއި ޚިލާފްކަމެއް ކަމަށާއި އެކަން ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކަށް އަޅުގަނޑުމެން ދޭންޖެހޭނީ ބީރުކަންފަތެކެވެ.

      މިހާރަކަށްއައިސް ރާއްޖޭގެ މުޖުތަމަޢުގައި ބަދުއަޚުލާޤީ ޢަމަލުތައް އިތުރުވަމުން މިދަނީ ކަންބޮޑުވާންޖެހޭ މިންވަރަށެވެ. ބެލެނިވެރިކަމުގައި ތިބި މީހުން އެމީހުންގެ ދަރީންނާއި ބަދުއަޚުލާޤީ ޢަމަލުހިންގުންވެސް މިވަނީ އާންމުވެފައެވެ. މި މައްސަލާގައި ޝާމިލްވާ ކުއްޖާއަށް އޭނާގެ ބެލެނިވެރިންގެ ފަރާތުން ލިބިފައިވާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާއި މެދު ހިތާމަކުރަމެވެ. އަދި މި އަނިޔާތައް ދިން ފަރާތްތަކަށް ދީނުގައިވާ ޙައްޤު އަދަބު ދިނުމަށް ކަމާބެހޭފަރާތްތަކަށް ގޮވާލަމެވެ. މި ފަދަ ފާޙިޝް ޢަމަލުތައް މުޖުތަމަޢުތެރޭ ގިނަވުމަކީ މުޖުތަމަޢު ފުނޑުފުނޑުވެ، އިލާހީކޯފާ ޙައްޤުވެދާނެކަމެކެވެ.

      ވީމާ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމާމެދު ވިސްނާ މާތް ﷲ އަށް ބިރުވެތިވުމަށް ގޮވާލަމެވެ. މާތް ﷲ މި ލޮބުވެތިވަޠަން މިފަދަ ފާހިޝްކަންތައްތަކުން ސަލާމަތްކުރައްވާ އަޅަމެން އިސްލާމް ދީން މަތީ ސާބިތު ކުރައްވާށިއެވެ.

      17 ރަބިއުލްއާޚިރު 1434ހ.

      27 ފެބްރުއަރީ 2013މ.

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީސް

Facebook142Twitter17Email

Sorry, comments are closed for this post.