ޝާއިޢު ކުރެވިފައިވާ ލިޔުންތައް: ޕާޓިގެ ޙަބަރު

“މަޢާފު ކުރާށޭ” އައްޝައިޚް އިލިޔާސް ޙުސެއިން

ޢަދާލަތުޕާޓީގެ ޢިލްމުވެރިން މަޖިލީހުގެ ރައީސް އައްޝައިޚް އިލިޔާސް ޙުސެއިންގެ ވަރަށް ޚާއްޞަ ދަރުސެއް މިރޭ މަސްޖިދުލް ފުރުޤާންގައި އޮންނާނެއެވެ. މިރޭ ބާއްވާ ދަރުސްވެސް އިންތިޒާމުކުރަމުންދަނީ އަންހެން ބޭފުޅުންނަށްވެސް އަޑުއެހޭނޭ ގޮތަށެވެ. މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސްގެ މައުޟޫއަކީ ” މަޢާފު ކުރާށޭ” މިއެވެ. މިދަރުސަށް ވީހާވެސް ގިނަ ފިރިހެން ބެފުޅުންނާއި އަންހެން ބޭފުޅުން ވަޑައިގަތުމަކީ ޢަދާލަތުޕާޓީން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.

ޢަދާލަތު ޕާޓީގެ ފަރާތުން ކުޑަހުވަދޫ ކައުންސިލާއި ބައްދަލުކޮށްފި

ޢަދާލަތު ޕާޓީގެ ފަރާތުން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލާއި ބައްދަލުކޮށްފިއެވެ. ކުޑަހުވަދޫ ކައުންސިލުގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ޢަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވީ އެ ޕާޓީގެ ޑިރެކްޓަރ ޖެނެރަލާއި، އަންހެނުންގެ މަޖިލީހުގެ ނާއިބު ރައީސާއި، ށ. ދާޢިރާގެ ރައީސެވެ. މި ބައްދަލުވުމުގައި ދެފަރާތުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްޞާކުރުން އޮތެވެ. އަދި މީހުން ބިނާކުރުމާއި ތަމްރީނު ކުރުމުގެ ގޮތުން ޢަދާލަތު ޕާޓީގެ ފަރާތުން ރާވާ ހިންގާ ޙަރާކާތްތަކުގައި ދެފަރާތުން އެއްބާރުލުން ދީގެން މިހާރަށްވުރެ…

“ދަރީންނަކީ އަމާނާތެއް” މިނަމުގައި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއްރަށްތަކުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި.

ޢަދާލަތުޕާޓީގެ އަންހެނުންގެ މަޖިލީހާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކުގެ ރަށު ކައުންސިލްތަކާއި، ސްކޫލާއި ރަށުގައި ހިންގާ ބައެއް ޖަމްޢިއްޔާތަކާ ގުޅިގެން “ދަރީންނަކީ އަމާނާތެއް” ގެ ނަމުގައި ބޭއްވި މަސައްކަތު ބައްދަލުވުން ނިމި ބައިވެރިންނަށް ހަނދާނީލިޔުން ދީފިއެވެ. އެއަތޮޅު މާއެނބޫދޫއާއި ކުޑަހުވަދޫގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ހިންގުނު މި މަސައްކަތު ބައްދަލުވުމުގައި ބައިވެރީންނަށް މަޢުލޫމާތު ދީފައިވަނީ ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުގެ ނައިބުރައީސާ އަލްފާޟިލާ މަރްޔަމް ޖަލީލެވެ. އޭޕްރީލް މަހުގެ 22 ން 28 އަށް އެދެ…

“ދަރީންނަކީ އަމާނާތެއް” މިނަމުގައި އަރިއަތޮޅު ދެކުނުބުރީގެ ބައެއްރަށްތަކުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި.

އަދާލަތުޕާޓީގެ އަންހެނުންގެ މަޖިލީހާއި އަރިއަތޮޅުދެކުނުބުރީ ބައެއް ރަށްތަކުގެ ރަށު ކައުންސިލްތަކާއި، ސްކޫލާއި ރަށުގައި ހިންގާ ބައެއް ޖަމްޢިއްޔާތަކާ ގުޅިގެން “ދަރީންނަކީ އަމާނާތެއް” ގެ ނަމުގައި ބޭއްވި މަސައްކަތު ބައްދަލުވުން ނިމި ބައިވެރިންނަށް ހަނދާނީލިޔުން ދީފިއެވެ. އެއަތޮޅު ދަނގެއްޗާއި ހަންޏާމީދޫގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ހިންގުނު މި މަސައްކަތު ބައްދަލުވުމުގައި ބައިވެރީންނަށް މަޢުލޫމާތު ދީފައިވަނީ ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުގެ ނައިބުރައީސާ އަލްފާޟިލާ މަރްޔަމް ޖަލީލާއި، ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް ޢިލްޔާސް ޙުސައިނެވެ. މިހިނގާ އޭޕްރީލް މަހުގެ…

ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން އިންތިޒާމް ކޮށްގެން މާލެ އަތޮޅު ތުލުސްދޫގެ އަންހެން ކަނބަލުންނަށް ވޯކްޝޮޕެއް ބާއްވައިފި

ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން އިންތިޒާމް ކޮށްގެން މާލެ އަތޮޅު ތުލުސްދޫގެ އަންހެން ކަނބަލުންނަށް ވޯކްޝޮޕެއް ބާއްވައިފި ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން އިންތިޒާމްކޮށްގެން ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅުއްވާ އަންހެން ކަނބަލުންގެ މެދުގައި ދީނީ، އިޖުތިމާޢީ، ސިޔާސީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން މާލެއަތޮޅު ތުލުސްދޫގައި 29-30 މާރޗް 2012 ގައި  ވޯކްޝޮޕެއް ބާއްވައިފިއެވެ ” ދަރިންނަކީ އަމާނާތެއް ” މިނަމުގައި ތުލުސްދޫ ކައުންސިލް އިދާރާއާއި ގުޅިގެން، އިސްލާމީ އުސޫލްތަކަށް ދަރިން ތަރުބިއްޔަތު…

ދީނީ ނަޞޭޙަތްދިނުމާއި ކައުންސެލިން ދިނުމުގެ ފުރުޞަތު ހުޅުވާލަނީ

ދީނީ ނަޞޭހަތާއި ކައުންސެލިން ދިނުމުގެ ޕްރޮގްރާމެއް ޢަދާލަތު ޕާޓީގެ ފަރާތުން ފައްޓައިފިއެވެ. ދީނީގޮތުންނާއި އަދި ދިރިއުޅުމުގެ މައިދާނުގައި ދިމާވާ އެކި ކަންކަމުގައި ނަޞޭޙަތާއި ކައުންސެލިން ބޭނުންވާ ފަރާތްތަކަށް  ހުޅުވާލާ މި ފުރުޞަތުގައި ކައުންސެލިން ދެއްވާނީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް، އައްޝައިޚު މުޙަންމަދު ޢިޔާޟް ޢަބްދުލް ލަޠީފެވެ. ސީދާ ޝައިޚާއެކު ބައްދަލުވެވޭ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހައްދައިގެންނެވެ. ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ން 3:00 އަށް ހިންގޭ…

ޢަދާލަތު ޕާޓީގެ ފުވައްމުލަކު ގޮފީގެ ހިންގާ ކޮމިޓީން ހުސްވެފައިވާ 2 މަޤާމަކަށް މެންބަރުން އިންތިޚާބު ކޮށްފި

ޢަދާލަތު ޕާޓީގެ ފުވައްމުލަކު ގޮފީގެ ހިންގާ ކޮމިޓީގައި ހުސްވެފައިވާ ސެކެޓްރީގެ ނައިބުގެ މަޤާމަށް އަދި ޒުވާނުންގެ ގޮފީގެ ރައީސް ގެ މަޤާމަށް މެންބަރުން އިންތިޚާބު ކޮށްފިއެވެ. މިކަމަށްޓަކައި ޢަދާލަތު ޕާޓީގެ ފުވައްމުލަކު ގޮފީގެ އިދާރާގައި ބޭއްވި ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުން ސެކެޓްރީގެ ނައިބުގެ މަޤާމަށް ފުވައްމުލަކު ސްޓާރ އިބްރާހީމް ރަފީޤް އަދި ޒުވާނުންގެ ގޮފީގެ ރައީސްގެ މަޤާމަށް ފުވައްމުލަކު ހުޅެވި ޙުސެއިން އަބޫބަކުރު އިންތިޚާބުވެފައި ވެއެވެ. މި ބައްދަލުވުމުގައި ޢަދާލަތު ޕާޓީގެ ވަގުތީ ރަޖިސްޓްރާރ އަލްއަޚް މުޙައްމަދު…