ޢަދާލަތުޕާޓީގެ ޢިލްމުވެރިން މަޖިލީހުގެ ރައީސް އައްޝައިޚް އިލިޔާސް ޙުސެއިންގެ ވަރަށް ޚާއްޞަ ދަރުސެއް މިރޭ މަސްޖިދުލް ފުރުޤާންގައި އޮންނާނެއެވެ. މިރޭ ބާއްވާ ދަރުސްވެސް އިންތިޒާމުކުރަމުންދަނީ އަންހެން ބޭފުޅުންނަށްވެސް އަޑުއެހޭނޭ ގޮތަށެވެ. މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސްގެ މައުޟޫއަކީ ” މަޢާފު ކުރާށޭ” މިއެވެ. މިދަރުސަށް ވީހާވެސް ގިނަ ފިރިހެން ބެފުޅުންނާއި އަންހެން ބޭފުޅުން ވަޑައިގަތުމަކީ ޢަދާލަތުޕާޓީން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.
ތަފްސީލް
ކުރީ ޒަމާނުގައި ރާއްޖޭގައި ޚުޠުބާ ކިޔާއިރު، އަސާގަނޑެއް ހިފައިގެން ހުންނަކަމަށް، ކުރީގެ ދުވަސްވީ ބޭފުޅުންގެ އަރިހުން މަޢުލޫމާތު ލިބޭ؟ މިކަމަކީ ސުންނަތުން ސާބިތުވާ ކަމެއްތޯ؟ الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ހުކުރު ޚުޠުބާ ކިޔަން ހުންނަ ވަގުތުގައި ޚަޠީބު މީހާ ޢަޞާ އެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހިފަހައްޓައިގެން ހުރުމުގެ މައްސަލާގައި ޢިލްމުވެރިންގެ ދެގައުލެއް ވެއެވެ. ފުރަތަމަ ގައުލު: މާލިކީ، ޝާފިޢީ، ޙަންބަލީ…
ތަފްސީލް
ޢަދާލަތު ޕާޓީގެ ފަރާތުން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލާއި ބައްދަލުކޮށްފިއެވެ. ކުޑަހުވަދޫ ކައުންސިލުގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި ޢަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވީ އެ ޕާޓީގެ ޑިރެކްޓަރ ޖެނެރަލާއި، އަންހެނުންގެ މަޖިލީހުގެ ނާއިބު ރައީސާއި، ށ. ދާޢިރާގެ ރައީސެވެ. މި ބައްދަލުވުމުގައި ދެފަރާތުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްޞާކުރުން އޮތެވެ. އަދި މީހުން ބިނާކުރުމާއި ތަމްރީނު ކުރުމުގެ ގޮތުން ޢަދާލަތު ޕާޓީގެ ފަރާތުން ރާވާ ހިންގާ ޙަރާކާތްތަކުގައި ދެފަރާތުން އެއްބާރުލުން ދީގެން މިހާރަށްވުރެ…
ތަފްސީލް
ޢަދާލަތުޕާޓީގެ އަންހެނުންގެ މަޖިލީހާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކުގެ ރަށު ކައުންސިލްތަކާއި، ސްކޫލާއި ރަށުގައި ހިންގާ ބައެއް ޖަމްޢިއްޔާތަކާ ގުޅިގެން “ދަރީންނަކީ އަމާނާތެއް” ގެ ނަމުގައި ބޭއްވި މަސައްކަތު ބައްދަލުވުން ނިމި ބައިވެރިންނަށް ހަނދާނީލިޔުން ދީފިއެވެ. އެއަތޮޅު މާއެނބޫދޫއާއި ކުޑަހުވަދޫގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ހިންގުނު މި މަސައްކަތު ބައްދަލުވުމުގައި ބައިވެރީންނަށް މަޢުލޫމާތު ދީފައިވަނީ ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުގެ ނައިބުރައީސާ އަލްފާޟިލާ މަރްޔަމް ޖަލީލެވެ. އޭޕްރީލް މަހުގެ 22 ން 28 އަށް އެދެ…
ތަފްސީލް
ސުވާލު: އަޅުގަނޑުގެ ސުވާލަކީ އަނބިމީހާ އެންމެ އިސްކަމެއްދީގެން ކިޔަމަންވާން ޖެހޭނީ އަނބިމީހާގެ ފިރިމީހާޔައްތޯ ނުވަތަ އަނބިމީހާގެ މައިން ބަފައިންނަށްތޯ؟ އަނބިމީހާ ފިރިމީހާކައިރީ އުޅުމަށް އަނބިމީހާގެ މައިން ބަފައިން ނުރުހުންވާނަމަ ހިނަހަމަނުޖެހޭނަމަ އަނބިމީހާ އަމަލުކުރުން އެންމެރަނގަޅީ ކޮންގޮތަކަށްތޯ؟ ދިރިއުޅުމުގައި ފިރިމީހާގެ ހައިސިއްޔަތަކީ ކޮބައިތޯ؟ މި ސުވާލުތަކުގެ ޖަވާބު އަޅުގަނޑަށް މެއިލް ކޮށްލަދެއްވުން ވަރަށް ބޮޑަށް އެދެމެވެ. ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ…
ތަފްސީލް
الحمد لله والصلاة والسلام على رسول الله، ނަމާދުން ބޭރުގައި ކުރެވެނީ ދެ ސަޖިދައެކެވެ. އެއީ ތިލާވަތުގެ ސަޖިދައާއި ޝުކުރުގެ ސަޖިދައެވެ. މީގެ އިތުރުން ސަޖިދައެއް ނުކުރެވޭނެއެވެ. އިންސާނަކަށް އުފަލެއްލިބި އަދި ނުރައްކަލަކުން ސަލާމަތްވުމުން އެ އިންސާނާގެ އެންމެ ޝަރަފުވެރި ގުނަވަން، އާދެ ބޯ ތިރިކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުގެ ސަޖިދަ ކުރުމަކީ އެއީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. (أَنَّهُ كَانَ إِذَا جَاءَهُ أَمْرُ سُرُورٍ…
ތަފްސީލް
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: އަޅުގަޑުމެންގެ ތެރެއިން ބައެއް މީހުން ބުނެ އުޅޭ ވާހަކަ އެކެވެ. ޝަހާދަތުގެ ދެކަލިމަ ދުލުކޮޅުން ކިޔައިފިނަމަ ނަމާދެއް ނުކުރިޔަސް އަދި ކިތަންމެ ނުބައި ކަމެއް ކުރިޔަސް ސުވަރުގެ ވަންނާނެ އެވެ. މިކަމުގެ ޙަގީގަތަކީ ކޮބައިތޯ ބަލައިލާނަމެވެ. އަޅުގަޑުމެން މުސްލިމުން ވާން ޖެހޭނީ ގުރްއާނާއި ސުންނަތުގައި އައިސްފައިވާ ހުރިހާ އެއްޗިއްސަށް އީމާންވާ ބަޔަކަށެވެ. އަހްލުކިތާބީން ގޮތަށް ފޮތުގެ އެއްބަޔަށް އީމާންވެފައި އަނެއް…
ތަފްސީލް