މުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ ޢަދާލަތުޕާޓީގެ އިސްތަރުޖަމާން އާދެ! އެމްއެންބީސީއަކީ، އަޅުގަނޑު ނުހަނު އިޙްތިރާމްކުރާ ބަޔަކު އިސްވެތިއްބެވި މުއައްސަސާއެކެވެ. ( ޓީވީއެމްގެ ދުވަސްވަރުން ފެށިގެން) ދިވެހިޤައުމު ދީނީ ގޮތުން ހޭލުންތެރިކުރުމާއި، އެއްބައިވަންތަކަން ދެމެހެއްޓުމާއި، މަޢްލޫމާތުގެ ގޮތުން މުޖްތަމަޢު މުއައްސަނދި ކުރުމުގައި އެމްއެންބީސީއިން ( ޓީވީއެމް) އަދާކޮށްފައިވާ ފަދަ މަތިވެރި އެއްވެސް ދައުރެއް އެހެންބަޔަކު އަދާކޮށްފައި ނުވާކަންވެސް ފާހަނގަކުރަމުން ދަންނަވަމެވެ. ދިވެހިރާއްޖޭގެ ޤައުމީ ދުވަހު، އެމްއެންބީސީ 1، އިން، ހެނދުނު 10، މެންދުރު ފަހު، 2، އަދި ރޭގަނޑު…
ތަފްސީލް
ލިޔުއްވީ: ޑރ. މުޙައްމަދު މުޢިއްޒު / ޢަދާލަތު ޕާޓީގެ އަމީން ޢާއްމު ދިވެހިދައުލަތުގެ މާލީ ވަޒީރުކަމުގައި ރެއާއި ހަމައަށް ހުންނެވި އަލްއަޚް އަޙްމަދު އިނާޒާއިމެދު އެމް.ޑީ.ޕީގެ އެކްޓިވިސްޓުންތަކެއް ރޭގައި ހިންގި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އެ ޢަމަލުތަކަކީ ވަރަށް ނާތަހުޒީބު، ދަށުދަރަޖައިގެ، ފިނޑި ޢަމަލުތަކެއްކަމުގައި ދެކެމެވެ. އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ރޫޙާއި ޚިލާފަށް އަދި އިސްލާމީ ޑިމޮކްރަސީއެއްގައި ހުންނަންޖެހޭ ހަމަތަކާއި އިދިކޮޅަށް ވެރިކަންކުރާ އެމް.ޑީ.ޕީގެ އެކްޓިވިސްޓުންތަކެއް ރޭގައި ހިންގި ހުތުރުކަންބޮޑު ޢަމަލުތަކަކީ…
ތަފްސީލް
އަލަށް ވިދަމުންއަންނަ ހުނަރުވެރި ނޫސްވެރިން ސަރުކާރުގެ އަނިޔާވެރި ބިރުދެއްކުމުގެ ސިޔާސަތުގެ ދަށުން ހައްޔަރު ކުރަންފެށުމަކީ މީޑިއާގެ މިނިވަންކަމަށް މިހާރު މިއޮތް ޚުދުމުޚްތާރު ވެރިން ރާއްޖޭގެ މިނިވަން މީޑިއާއަށް ޖެހިގޮމެކެވެ. ނޫސްވެރިންނަށް ބިރުދައްކައި ހައްޔަރު ކުރަންފެށި ފެށުމަކީ ޚަބަރު ފެތުރުމުގެ ދާއިރާ ފަސާދަ ކުރުމަށް ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާއެކެވެ. ރާއްޖޭގެ އެންމެ މަޤްބޫލު އިސްލާމީ ޚަބަރު ވެބްސައިޓް ދިއިސްލާމްޑޮޓްކޮމްގެ އެގްޒެކެޓިވް އެޑިޓަރ ޢަލީ އަޙްސަން މިރޭ ފުލުހުން ހައްޔަރު ކުރިކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ނާ ތަހުޒީބީ…
ތަފްސީލް
ލިޔުއްވީ: ޑރ. މަޢުރޫފް ޙުސައިން / ޢަދާލަތު ޕާޓީގެ ނައިބުރައީސް ރައީސް ނަޝީދުގެ ޚާއްސަ ދަޢުވަތަކަށް ވަޑައިގަތް އދ. ގެ އިންސާނީ ޙައްގު ތަކާއިބެހޭ ހައިކޮމިޝަނަރު ނަވީ ޕިއްލޭ ޑިޕްލޮމެޓިކް އުސޫލުތަކާއި ޚިލާފަށް، ދިވެހިންގެ މާތްވެގެންވާ އިސްލާމް ދީނުގެ ޝަރީޢަތަށް ގޮންޖައްސަވައި، ކީރިތި ޤުރުއާނުގެ ޙުކުމް ތައް ބަދަލު ކުރުމަށް ރާއްޖޭގައި “ޢާންމު ބަޙުސް” ފެށުމަށް ގޮވާލައްވައި، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ކޮންމެ ދިވެހި ރައްޔިތަކީ މުސްލިމަކަށް ވާންޖެހޭނޭ ކަމުގައި ބަޔާންވެފައި އޮންނާތީވެ އޭގައި ކޮޅުފައިން…
ތަފްސީލް
ލިޔުއްވީ: އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު / ޢަދާލަތު ޕާޓީގެ އިސްތަރުޖަމާނު ދިވެހިރާއްޖޭގެ ވެރިކަމުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު ދިވެހި ރަސްކަމާއި، ޖުމްހޫރީ ވެރިކަމުގައި އިސްލާމްދީނަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ދީފައިވާ ކަން ފާހަގަކުރެވެއެވެ. ޤާނޫނު އަސާސީއެއް ނެތި ވެރިކަން ހިނގަމުން ދިޔަ ދުވަސްވަރުވެސް ތާރީޚީ އާސާރުތަކުން ދައްކުވައިދެނީ ވެރިކަމުގެ ފަރާތުން ނުވަތަ ރަސްގެފާނުގެ ފަރާތްޕުޅުން ދީނުގެ ކަންކަމަށް ޚާއްޞަ އަހައްމިއްޔަތުކަން ދެއްވާފައިވާ ކަމެވެ. އިސްތިޢުމާރުގެ ދުވަސްވަރުގައި ވެސް ރާއްޖޭގެ ދާޚިލީ ދީނީ ވަޙްދަތު ހިފެހެއްޓެވުމުގައި…
ތަފްސީލް
ލިޔުއްވީ: ޑރ. މުޙައްމަދު މުޢިއްޒު / ޢަދާލަތު ޕާޓީގެ އަމީން ޢާއްމު ފަހަކަށް އައިސް އަޅުގަނޑުމެންނަށް މި ޤައުމުން ފެނިގެންމިދާ ގިނަ ކަންކަމަކީ ޤައުމާއި ދީންދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިޔަކު ނުހަނު ކަންބޮޑުވެ ހިތާމަކުރާނޭ ކަންކަން ކަމުގައި ނޫނީ ނުވެއެވެ. “ވަޠަން އެދޭގޮތަށް” އިއްތިޙާދުގެ ނަމުގައި ގުޅިފައިވާ ކޯލިޝަނެއް ހަދައި، އޭރު އޮތް ވެރިކަމުގައި ހުރި ނުރަނގަޅު ކަންތައްތަކެއް ރަނގަޅުކުރުމުގެ އުއްމީދުގައި، ދިވެހިންގެ ގިނަބައެއްގެ ބުރަ މަސައްކަތުން ގެނައިި ވެރިކަމަށް 3 އަހަރުވެގެންދާއިރު، ފެނިގެންމިދަނީ ގިނަބަޔަކު…
ތަފްސީލް
ލިޔުއްވީ: ޑރ. މަޢުރޫފް ޙުސައިން / ޢަދާލަތު ޕާޓީގެ ނައިބު ރައީސް މިދިޔަ ހޮނިހިރު ދުވަހު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އުތުރަށް އޮންނަ ހުސްބިމުގައި ޕްރީސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތުގައި ކޮންނަމުން ދަނިކޮށް ފެނުނު މިނިކަށިތަކުގެ މައްސަލަ ތަޙުޤީޤުކުރުމަކާއި ނުލައި ވަޅުލާފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. ތާރީޚް ލިޔުއްވާ ބޭފުޅުންނާއި އެނެލިސްޓުންގެ ފަރާތުން ލަފާކުރާގޮތުގައި ފެނުނު ކަށިތަކަކީ މީގެ އަހަރުތަކެއް ކުރިން އެ ރަށުގައި ޖަލުގައި ހައްޔަރުކޮށްފައި ތިބި ބަޔެއްގެ ކަށިތަކެކެވެ. ސަން އޮންލައިންގައި ޝާޢިއުކޮށްފައިވާ…
ތަފްސީލް