ކުރީ އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުގައި ވެސް އިމާމްވެ ތަރާވީހް ނަމާދު ކުރައްވާނެ އިމާމުން ހަމަ ޖައްސައިދިނުމަށް ޢަދާލަތުޕާޓީގެ ފަރާތުން ނިންމަވައިފިއެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން 2012 ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން ޢަދާލަތުޕާޓީ އަށް ސިޓީ އަކުން އެކަން އެންގެވުން އެދެމެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް 7977271 ނުވަތަ 7910035 ނަމްބަރާ ގުޅުއްވުން އެދެމެވެ.
ތަފްސީލް
بسم الله الرحمن الرحيم ޢިލްމުވެރިންގެ މަޖިލިސް ޢަދާލަތު ޕާޓީގެ މާލެ، ދިވެހިރާއްޖެ ނޫސް ބަޔާން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ އިންތިޚާބު ބޭއްވިއްޖެ. ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖްލީހުގެ ރައީސްގެެެ މަގާމް ހުސްވެފައިވުމާއި އެކު، އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށްޓަކައި 2 ޖެނުއަރީ 2012 ވީ ހޯމަ ދުވަހު ޢިލްމުވެރިންގެ މަޖްލީހުގެ ޖަލްސާ އެއް ބޭއްވުނެވެ. މި ޖަލްސާގައި ރައީސް ކަމުގެ މަގާމަށް ކުރީގެ ނާއިބް ރައީސް ފަޟީލަތުއްޝައިޚް…
ތަފްސީލް
މުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ ޢަދާލަތުޕާޓީގެ އިސްތަރުޖަމާނު 23 ޑިސެމްބަރ 2011 ގައި ހިނގައިދިޔަ އެއްވުމާމެދު ދައުލަތުގެ މީޑިޔާއާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުން މަޢްލޫމާތު ފަތުރާފައިވާ ގޮތުގެ ސަބަބުން ރާއްޖޭގެ ޓުވަރިޒަމަށް ނޭދެވޭ އަސަރެއްކޮށްފާނެކަމަކީ ޢަދާލަތުޕާޓީއިން ކަންބޮޑުވާކަމެކެވެ. ރާއްޖޭގެ ރައްޔިތުންނަކީ ހަރުކަށިބައެއްގެ ގޮތުގައި ސިފަވާ ގޮތަށް ޚަބަރު ފަތުރާފައިވާކަމީ ދިވެހިރާއްޖޭގެ ފޮރިން ޕޮލިސީ ކަނޑައަޅަންތިއްބެވި ބޭފުޅުންގެ ދުރުވިސްނުންފުޅު ނެތްކަން ސާބިތުވާ ކަމެއްކަމުގައި ޢަދާލަތު ޕާޓީއިން ދެކެމެވެ. ދިވެހިރާއްޖެއަކީ އަބަދުވެސް ރާއްޖެއަންނަ މެހުމާނުންނަށް ހެޔޮކޮށްހިތައި، އިޙްތިރާމްކޮށް، އެއުރެންގެ ޙައްޤުތަށް…
ތަފްސީލް
އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ ޕާޓީގެ އިސްތަރުޖަމާން ޢަދާލަތުޕާޓީގެ ލޮބުވެތި މެންބަރުން! 23 ޑިސެމްބަރގެ 2011 ގެ ބޮޑު އެއްވުމަށް ޢަދާލަތު ނިކުންނަކީ ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްޤުގެ އަލީގައި ޚިޔާލްފާޅުކުރުމަށާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤުގެ ދަށުންނެވެ. މިއީ ޞުލްޙަވެރި އެއްވުމެކެވެ. މިއީ މިފަދަ ޞުލްޙަވެރި އެއްވުންތަކުގައި ޢަދާލަތުޕާޓީ ބައިވެރިވާ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މިފަދަ އެތައް އެއްވުމެއްގައި ޢަދާލަތުވާނީ ބައިވެރިވެފައެވެ. އަދި ބައެއް ބޮޑެތި އެއްވުން ލީޑުކޮށް އިސްރޯލެއްވެސް އަދާކޮށްފައިވާނެއެވެ. އާދެ! ޢަދާލަތުޕާޓީއަކީ…
ތަފްސީލް
ޚާއްސަ ދެންނެވުން މަދަނީ އިއްތިޙާދުން 23 ޑިސެމްބަރ ގައި ބާއްވާ މުޒާހަރާއަށް ޢަދާލަތު ޕާޓީ ފުރިހަމައަށް ބައިވެރި ވާނެ މަދަނީ އިއްތިޙާދުން އިސްނަގައިގެން ޑިސެމްބަރ 23 ވަނަ ދުވަހުު މުޅި ރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ މުޒަހަރާއަށް ޢަދާލަތު ޕާޓީއިން ފުރިހަމައަށް ތާޢީދު ކުރާ ކަމަށާއި އެ މުޒާހަރާގައި ޢަދާލަތު ޕާޓީއިން ފުރިހަމައަށް ބައިވެރިވާނެކަން އާއްމުކޮށް އަންގާ އިޢުލާނުކުރަމެވެ. ޤައުމުގެ ދީނާއި ސަޤާފަތް ވެއްޔާ މޮޑެލައި އެބައިމީހުން ބޭނުންވާ “އަނެއް ދިވެހިރާއްޖެ”އަށް މި ރާއްޖެ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތަށް…
ތަފްސީލް
ޚާއްސަ އިލްތިމާސް އިންޑިޔާގެ ބޮޑުވަޒީރާއި ބޭރުގެ މެހެމާނުން މާލެ ވަޑައިގެން އުޅުއްވާ ވަގުތުގައި މާލޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް ގޮވާލުން ދިވެހިރާއްޖެއަށް ބޭރުގެ މެހެމާނުން ވަޑައިގެން އުޅުއްވާ ވަގުތުގައްޔާއި، ޚާއްޞަ ގޮތެއްގައި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގު މާލެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ މިދަނޑިވަޅުގައި މާލެތެރެ ހަލަބޮލިކޮށް މާލޭގެ އަމަން ނަގާލައި ކަންބޮޑުވުމެއްގެ ތެރެއަށް ޤައުމު ވައްޓާލުމަށް އެއްވެސް ޙަރަކާތެއް ހިންގުމަކީ ޢަދާލަތުޕާޓީއިން ޤަބޫލުކުރާ ކަމެއްނޫނެވެ. އަދި އެފަދަ އެއްވެސް ޙަރަކާތެއްގައި ޢަދާލަތުޕާޓީގެ އެއްވެސް މެންބަރަކު…
ތަފްސީލް
ލިޔުއްވީ: ޑރ. މަޢުރޫފް ޙުސައިން (ޢަދާލަތު ޕާޓީގެ ނައިބު ރައީސް) ފަލަސްޠީނުގެ ބިންފޭރިގެން އުފައްދާފައިވާ، އިސްލާމިީ އުންމަތުގެ އެންމެ ބޮޑު ޢަދާވާތްތެރިން ކަމުގައިވާ ޒަޔަނިސްޓު ޔަހޫދީންގެ ދައުލަތާއި، މިއަދުގެ ސަރުކާރުން ބާއްވަމުން ގެންދާ ގުޅުން ތަކަކީ ދިވެހި ރާއްޖޭގެ ސިލްމާއި ސަލާމަތަށް ހުރި ނުރައްކަލެކެވެ. މިކަމާއިމެދު ލޮބުވެތި ދިވެހި ރައްޔިތުން ޚަބަރުދާރުވެރިވެ ތިއްބެވުމަށް ޢަދާލަތު ޕާޓީއިން އަނެއްކާވެސް ތަކުރާރު ކޮށް ގޮވާލަމެވެ. މިކަމާއިމެދު ޢަދާލަތު ޕާޓީއިން ކެނޑިނޭޅި ދައްކަމުން އައި ވާހަކަ ތަކަކީ މުޅިންވެސް ތެދު ޙަގީގަތް…
ތަފްސީލް