ސ: ޙުރުމަތްތެރިމަސްތަކަކީ ކޮބާ؟ އަދިޙުރުމަތްތެރި ކުރެއްވުމުގެ ޙިކުމަތަކީކޮބާ؟ ޖ: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. ޙުރުމަތްތެރި މަސްތަކަކީ: ރަޖަބު، ޛުލްގަޢްދާ، ޛުލްޙައްޖާ، މުޙައްރަމް މިހަތަރު މަހެވެ. ސޫރަތުއް ތައުބާގެ 36 ވަނަ އާޔަތުގައި މިމައްސަރުތައް ބަޔާން ކުރައްވާ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا…
ތަފްސީލް
ސ: އިސްލާމްދީނުގައި އަންހެނުންގެ މަގާމު ބުނެދެއްވަފާނަންތޯ؟ ޖ: އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނާ މެދުގައި ކަންތައް ކުރެވެމުން ދިޔައީ ވަރަށްވެސް އަނިޔާވެރި ގޮތަކަށެވެ. ދިރިއުޅުމުގެ ހުރިހާ ބާރުތަކެއް އޮތީ ފިރިހެނުންގެ އަތްމަތީގައެވެ. އަންހެނުންނަކީ އެއްވެސް އާރެއް ބާރެއް އިޙްތިރާމެއް ލިބިގެންވާ ބަޔެއް ނޫނެވެ. އެކަމުގެ މިޘާލެއްގެ ގޮތުން ބުނާނަމަ ފިރިމަރުވެފައިވާ އަންހެނުން، އެކަނބަލުންގެ މަރުވި ފިރިމީހާގެ އެހެންބަނޑެއްގެ ދަރިޔަކު ދުނިޔޭގައި ހުރިނަމަ، އެއަންހެންމީހާ އާއި ކައިވެނި ކުރުމުގެ ޙައްގު ލިބިގެންވަނީ އެފިރިހެން ދަރިފުޅަށެވެ. މީގެ އިތުރުން ވާރުތަ…
ތަފްސީލް
ސ: މުޝްރިކުންނާއި ތަފާތުވުމަށް އައިސްފައިވަ ޙުކުމްތަކަކީ މައްކީ ދުވަސްވަރު ތައުޙީދުގެ ބިންގާ އެޅެމުން ދިޔަ ދުވަސްވަރު ބާއްވާލެއްވި ޙުކުމެއްނޫންތޯއެވެ؟ މަދަނީ ދުވަސްވަރު މިފަދަ ޙުކުމެއް އައިސްފައިވޭތޯއެވެ؟ މިހާރު މިދުނިޔޭގައި ތައުޙީދު ޤާއިމުވެފައިވާއިރު މި ދުވަސްވަރަކީ ބޮޑަށް މަދަނީ ދުވަސްވަރުގެ ޙާލަތަށްނޫންތޯ ބެލެވޭނީ؟؟ ޖ: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: މުޝްރިކުންނާއި ތަފާތުވުމަށާއި، އެބައިމީހުންގެ ޢަމަލުތައް ކޮޕީކޮށް ނުހެދުމަށް ކީރިތި ގުރްއާނުގައްޔާއި ނަބަވީ ސުންނަތުގައި ވަރަށް ވަރުގަދައަށް…
ތަފްސީލް
ސ: ޢުމަރުގެފާނުގެ ޚަލީފާގައި މި ދީނަށް ގެންނެވި ކުރިއެރުންތަކަކީ ވިސްނާ ފިކުރުކުރަންޖެހެވަރުގެ މާނަފުން ކަންތައްތަކެއްކަމުގައި ދެކެމެވެ. ނަމަވެސް އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ޝައިޚްގެ ޖަވާބުތަކުގައި ޤުމަރުގެފާނު ގެންގުޅުންވި ފަދަ ހުޅުވިފައިވާ ވިސްނުންފުޅެއް ގެންގުޅުއްވާތަނެއް ނުފެނެއެވެ. ވަރަށްގިނަ ކަންކަމުގައި ކޮންމެވެސް ލިޓަރޭޗަރ އެއްގައި މެވެިނގޮތަކަށް އެބައޮތޭ އެހެންވީމާ އެކަންއޮތީ އެހެހްނޭ ވިދާޅުވެފައި ނިންމަވާލާފައި ހުންނަތަން ފެނެއެވެ. އަޅުގަނޑުގެ ސުވާލަކީ ތިޔަފަދަ އެޕްރޯޗެއް ގެންގުޅުއްވުމަކީ ހަމަދީނުގައި އެއްމެ އައުލާކަން ބޮޑު ގޮތްތޯއެވެ؟ ޖ: الحمد لله، والصلاة والسلام على…
ތަފްސީލް
ސ: އަޅުގަނޑުގެ ސުވާލަކީ އެހެންދީނުގެ ކަންކަން އަދި އެއްވެސް ދީނަކަށް ތަބާނުވާ މީހުންގެ ކަންކަން)ޚާއްޞަކޮށް ފްރީމޭސަނުންގެ ކަންކަން( އަޅުގަނޑުމެން މުސްލިމުން ދިރާސާކޮށް، އެކަން ކަން ބެލުމަކީ ކޮންކަހަލަ ކަމެއްތޯއެވެ. މިސުވާލު ޝެއިޚް ސަމީރުއާ އަޅުގަނޑު ކުރުމުން ޖަވާބުގައި ވިދާޅުވީ ޤުރުޢާން ތަރުޖަމާގައި ވާއެއްޗެއް އަޅުގަނޑުމެން ދަސްކޮށް ދެނެގަތުން މުޙިއްމު ކަމަށާއި، އެހެން ދީނުގެ ކަންކަން އަޅުގަނޑުމެން ދިރާސާކުރަން ނުޖެހޭ ކަމަށެވެ. ނަމަވެސް ޝެއިޚް ޝަހީމް މި ވެބްސައިޓުގައި ލިޔުއްވާފައި ލިޔުން ކިޔާލުމުން އަސްލު އަޚުގަނޑެ ސުވާލުގެ ރަނގަޅު…
ތަފްސީލް