ޝާއިޢު ކުރެވިފައިވާ ލިޔުންތައް: ތަޢުލީމާއި ދައުވާ

ތަޢުލީމާއި ދައުވާ

އަޅުގަނޑުގެ ސުވާލަކީ، ޕީ.އެޗް.ޑީ ހެދުމަކީ ވެސް ޣައިރު މުސްލިމުންގެ އާދަކާދައިގެ ތެރެއިން ހިމެނޭ ކަމެއްނޫންތޯއެވެ؟ ހަމަ އެއާއިއެކު އައި ފޯނާއި ލެޕްޓޮޕާއި ވޭވް ސައިކަލާއި މިފަދަ ތަކެއަޗަކީ ޣައިރު މުސްލިމުން އުފައްދާ އަދި އެމީހުން ބޭނުންކުރަމުން އަންނަ އެމީހުންގެ ދިރިއުޅުމުގެ އެއްބައި ނޫންތޯއެވެ؟ އެހެންކަމުން، މިހުރިހާ ކަމަކުން ދުރުވެގެން ތިބުން އެއީ ދީނާއި އެއްމެ ގާތް ގޮތަށް ނުވާނެތޯއެވެ؟ ޝެިޚްގެ އެތައް ޖަވާބެއްގައި “ޣައިރު މުސްލިމުންގެ އާދަކާދަ”އިގެ ތެރެއިންވާ ކަންކަމޭ ބުނުއްވާފަ އެއީ އެކަންކަމުން ދުރުވުގެ ޖަސްޓިފިކޭޝަން އަކަން ގެންނަވާތީ އަޅުގަނޑަށް ވަރަށް އޮޅިއްޖެ! އަޅުގަނޑަށް ހީވަނީ ހޮހޮޅައަށް ވަދެ ތިބުން ކަންނޭގެ ދެން އޮތް ހަމައެކަނި ޙައްލަކީ….ޝެއިޚް އަޅުގަނޑަށް ބުއްދި ޤަބޫލުކުރާ ކަހަލަ ޢިލްމީ ޖަވާބެއް ދެއްވުން އެދެން. ށުކުރިއްޔާ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: މުޝްރިކުންނާއި ތަފާތުވުމަށާއި، އެބައިމީހުންގެ ޢަމަލުތައް ކޮޕީކޮށް ނުހެދުމަށް ކީރިތި ގުރްއާނުގައްޔާއި ނަބަވީ ސުންނަތުގައި ވަރަށް ވަރުގަދައަށް އަންގަވާފައިވެއެވެ. އެއީ، އަޅުކަމުގައިވިޔަސް، ނުވަތަ ދުވަސްތައް ފާހަގަ ކުރުން ކަމުގައިވީނަމަވެސް، ނުވަތަ ހެދުން އެޅުމުގައިވިޔަސްވެސް އެވެ. ނަމަވެސް ހިތާމައަކީ، ބައެއް މުސްލިމުން ނޭގިނަމަވެސް، ނުވަތަ ހަވާނަފްސަށް ތަބަޢަބުމުގެ ގޮތުންނަމަވެސް، ނުވަތަ އެނޫންސަބަބަކާ ހުރެނަމަވެސް، މިވަރުގަދަ އަމުރުފުޅާ ޚިލާފުވަމުން ދާކަމެވެ. މިއަދުގެ މުސްލިމުންނަށް މިކަން…

އަޅުގަނޑަކީ ކިޔަވާ ކުއްޖަކީމެވެ. އަޅުގަޑު ބޭނުންވަނީ ގާރީ އަކަށްވާން. ވީމާ އަޅުގަޑު ކަންތައް ކުރަންވީ ގޮތް ބުނެދެއްވާ؟

ސ: އަޅުގަނޑަކީ ކިޔަވާ ކުއްޖަކީމެވެ. އަޅުގަޑު ބޭނުންވަނީ ގާރީ އަކަށްވާން. ވީމާ އަޅުގަޑު ކަންތައް ކުރަންވީ ގޮތް ބުނެދެއްވާ؟ ޖ: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ރަގަޅު ކަމަށް އެކަށޭނެ އުސްތާޛެއްގެ އެހީތެރިކަން ހޯއްދަވާށެވެ. އަދި އެއުސްތާޛެއްގެ އިރްޝާދުގެ ދަށުން ކުރިޔަށް ވަޑައިގަންނަވާށެވެ. والله أعلم (ޖަވާބު ދެއްވީ: ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިހުގެ މެންބަރު އައްޝައިޚް މުޙައްމަދު އިޔާޟް)

ދަސްކުރާ ތަކެތި އަވަހަށް ހަނދާން ނެތޭނަމަ ހަނދާނީ ކިހިނެއް؟

ސ: ދަސްކުރާ ތަކެތި އަވަހަށް ހަނދާން propecia ނެތޭނަމަ ހަނދާނީ ކިހިނެއް؟ ޖ: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ފާފަތައް ކުރުމުން ދުރުހެލިވުމަކީ ތަކެތި ދަސްކުރުމަށް ފަސޭހަވާ ކަމެކެވެ. އިމާމް ޝާފިޢީ-ރަޙިމަހުﷲ ޢެކަލޭގެފާނުގެ އުސްތާޛް ވަކީޢުގެ ގާތުގައި ފިލާވަޅު ދަސްވާލެއް ލަސްވެގެން ޝަކްވާ ކުރެއްވުމުން ވިދާޅުވިއެވެ. ޢިލްމަކީ ނޫރެކެވެ. ﷲ ގެ ނޫރު އެކަލާނގެ އަށް އުރެދޭ މީހުންނަށް ނުދެއްވައެވެ. މީގެ އިތުރުން ހިތްއަލި ކުރައްވާ…

ނަމާދުކޮށް ނިންމާފައި ކިޔާ ޛިކުރުތަކަކީ ކޮބާ؟

ސ: ނަމާދުކޮށް ނިންމާފައި ކިޔާ ޛިކުރުތަކަކީ ކޮބާ؟ ޖ: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده ފަރުޟު ފަސްނަމާދުގެ ފަހުގައި ކިޔުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދުވެގެންވާ ޛިކުރުތައް ކިޔުމަކީ ގަދަވެގެންވާ ސުއްނަތެކެވެ. އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ. އެއީ ރައްކާތެރިކަމެކެވެ.މި ޛިކުރުތައް ދަސްކޮށް، ކޮންމެ ނަމާދެއްގެ ފަހުގައި މި ޛިކުރުތައް ކުރުން މަތީ ދެމިހުރުމަށް ނަސޭހަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.   أَسْتَغْفِرُ اللَّهَ…

ދުޢާކުރުމުގެ މިންގަޑުތަކަކީ ކޮބާ؟ ތިމާ ބޭނުންކަމަކަށް ދުޢާކުރާއިރު ދުޢާކުރާނެގޮތް ތަފްސީލުކޮށް ކިޔައިދީ؟

ސ: ދުޢާކުރުމުގެ މިންގަޑުތަކަކީ ކޮބާ؟ ތިމާ ބޭނުންކަމަކަށް ދުޢާކުރާއިރު ދުޢާކުރާނެގޮތް ތަފްސީލުކޮށް ކިޔައިދީ؟ ޖ: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ކޮންމެ ކަމަކަށް އެދި ނަމަވެސް ދުޢާ ކުރުމަކީ އިސްލާމްދީނުގައި އައިސްފައިވާ ކަމެކެވެ. ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ) البقرة/186….

އިސްލާމްދީނުގައި އަންހެނުންގެ މަގާމު ބުނެދެއްވަފާނަންތޯ؟

ސ: އިސްލާމްދީނުގައި އަންހެނުންގެ މަގާމު ބުނެދެއްވަފާނަންތޯ؟ ޖ: އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނާ މެދުގައި ކަންތައް ކުރެވެމުން ދިޔައީ ވަރަށްވެސް އަނިޔާވެރި ގޮތަކަށެވެ. ދިރިއުޅުމުގެ ހުރިހާ ބާރުތަކެއް އޮތީ ފިރިހެނުންގެ އަތްމަތީގައެވެ. އަންހެނުންނަކީ އެއްވެސް އާރެއް ބާރެއް އިޙްތިރާމެއް ލިބިގެންވާ ބަޔެއް ނޫނެވެ. އެކަމުގެ މިޘާލެއްގެ ގޮތުން ބުނާނަމަ ފިރިމަރުވެފައިވާ އަންހެނުން، އެކަނބަލުންގެ މަރުވި ފިރިމީހާގެ އެހެންބަނޑެއްގެ ދަރިޔަކު ދުނިޔޭގައި ހުރިނަމަ، އެއަންހެންމީހާ އާއި ކައިވެނި ކުރުމުގެ ޙައްގު ލިބިގެންވަނީ އެފިރިހެން ދަރިފުޅަށެވެ. މީގެ އިތުރުން ވާރުތަ…

އަޅުގަޑު ވަޒީފާ އަށް ވަންނަން މިއުޅެނީ ލެކިއުޓަށެވެ. އެތަނުގެ ޔުނިފޯރމް އަށް އިންނަނީ ކޯޓު ފަޓުލޫނެވެ. އަޅުގަޑު ކަޅުހެދުން ލާން ބުރުގާ އަޅަން ތައްޔާރުވަނީ އެވެ. ނަމަވެސް އަޅުގަޑު ދައްތަ ބުނާ ގޮތުން ވިއްޔާ ކޯޓު ފޓުލޫނު ލަންޔަކާ ކަޅު ހެދުން ލުމުގެ ބޭނުމެއް ނެތެވެ. އެލާފައި ވެސް ބުރުގާ އެޅެއެވެ. މިއީ މައްސަލަ އެއްތޯއެވެ؟އަޅުގަޑު އެވަޒފާ އަށް ދަންޔާ ބުރުގާ ނޭޅޭނެތޯއެވެ؟

ސ: އަޅުގަޑު ވަޒީފާ އަށް ވަންނަން މިއުޅެނީ ލެކިއުޓަށެވެ. އެތަނުގެ ޔުނިފޯރމް އަށް އިންނަނީ ކޯޓު ފަޓުލޫނެވެ. އަޅުގަޑު ކަޅުހެދުން ލާން ބުރުގާ އަޅަން ތައްޔާރުވަނީ އެވެ. ނަމަވެސް އަޅުގަޑު ދައްތަ ބުނާ ގޮތުން ވިއްޔާ ކޯޓު ފޓުލޫނު ލަންޔަކާ ކަޅު ހެދުން ލުމުގެ ބޭނުމެއް ނެތެވެ. އެލާފައި ވެސް ބުރުގާ އެޅެއެވެ. މިއީ މައްސަލަ އެއްތޯއެވެ؟އަޅުގަޑު އެވަޒފާ އަށް ދަންޔާ ބުރުގާ ނޭޅޭނެތޯއެވެ؟ ޖ: الحمد لله، والصلاة والسلام على نبينا محمد وعلى…