الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: އުފަންދުވަސް ފާހަގަކުރުމާއި އެކަމަށް އެހީތެރިވެ ދިނުމަކީ ދީނީގޮތުން އޮތްކަމެއް ނޫނެވެ. އިޖްތިމާޢިގޮތުންނަމަ އެއީ މުސްލިމުންގެ ސަގާފަތާ ބީރައްޓެހި އަދި އެބަޔަކާ އެއްގޮތްނުވުމަށް އަޅުގަނޑު މެނަށް އަމުރުވެވިގެންވާ ޣައިރު މުސްލިމުންގެ އާދަކާދަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވީމާ މުސްލިމުން އެފަދަ ކަންތަކުން ދުރުވެގަތުމަށް ނަޞޭޙަތްތެރި ވަމެވެ. ހޯމަދުވަހު ރޯދަހިފުމާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ. (فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَيَّ) މާނައަކީ:…
ތަފްސީލް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: އެއްވެސް ކަމެއްގައި ދޮގު ހަދާ އޮޅުވާލުމަކީ އިސްލާމްދީން ތަރްޙީބު ދޭ ކަމެއް ނޫނެވެ. އަދި ކިއެއްތަ، ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ. ވީމާ، ތިޔަ ގޮތަށް ތިމަންނާގެ ދަރިޔަކު ނެތޭ ކިޔާ ދޮގު ހަދާ އޮޅުވާލުމަކީ ވަރަށް ބޮޑު ނުބައި ކަމެކެވެ. والله أعلم.
ތަފްސީލް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: ކުދިންނަށް އިސްލާމީ ރިވެތި އަޚްލާގް ގެ މައްޗަށް ބިނާވެފައިވާ ރަގަޅު ތަރްބިއްޔަތަކުން ތަރްބިއްޔަތު ދިނުމަކީ ކޮންމެ މަންމަ އަކާއި ބައްޕަ އެއްގެ ބޮލުގައި އެޅިފައިވާ ވަރަށްވެސް ބޮޑު ޒިންމާ އެކެވެ. މިކަމުގައި ދިމާވާ ދަތިތަކާއި ހުރަސްތައް ކަޑަކްތުކޮށް އެކަމުގައި ހަރުދަނާވާން ޖެހެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (يَأْتِي عَلَى النَّاسِ زَمَانٌ الصَّابِرُ فِيهِمْ عَلَى دِينِهِ…
ތަފްސީލް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: އުފަންދުވަސް ފާހަގަ ކުރުމަކީ ޣައިރު މުސްލިމުންގެ ޢާދަކާދާއިގެ ތެރެއިން މުސްލިމުންގެ ތެރެއަށް ވަދެފައިވާ ކަމެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ ލޯބިފުޅުވާ ކާފާ ދަރިކަލުންގެ އުފަންދުވަސް ފާހަގަ ކުރައްވާފައެއް ނުވެއެވެ. މީގެ އިތުރުން އޭގެ ފަހުން އައި ހެޔޮ ގަރުނުގެ އެއްވެސް ބޭކަލަކު އެކަން އެގޮތަށް ކުރައްވާފައެއް ނުވެއެވެ. ދަރިފުޅުދެކެ ލޯބިން ކަމެއް ކުރާނަމަ ކޮންމެހެން އުފަންދުވަހާ ގުޅުވައިގެން ކުރުމުގެ…
ތަފްސީލް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: މުޝްރިކުންނާއި ތަފާތުވުމަށާއި، އެބައިމީހުންގެ ޢަމަލުތައް ކޮޕީކޮށް ނުހެދުމަށް ކީރިތި ގުރްއާނުގައްޔާއި ނަބަވީ ސުންނަތުގައި ވަރަށް ވަރުގަދައަށް އަންގަވާފައިވެއެވެ. އެއީ، އަޅުކަމުގައިވިޔަސް، ނުވަތަ ދުވަސްތައް ފާހަގަ ކުރުން ކަމުގައިވީނަމަވެސް، ނުވަތަ ހެދުން އެޅުމުގައިވިޔަސްވެސް އެވެ. ނަމަވެސް ހިތާމައަކީ، ބައެއް މުސްލިމުން ނޭގިނަމަވެސް، ނުވަތަ ހަވާނަފްސަށް ތަބަޢަބުމުގެ ގޮތުންނަމަވެސް، ނުވަތަ އެނޫންސަބަބަކާ ހުރެނަމަވެސް، މިވަރުގަދަ އަމުރުފުޅާ ޚިލާފުވަމުން ދާކަމެވެ. މިއަދުގެ މުސްލިމުންނަށް މިކަން…
ތަފްސީލް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد ލިވާޠަކީ އެންމެ ބޮޑުވެގެންވާ އެއް ޖަރީމާ އެވެ. އެންމެ ހަޑިހުތުރުކަން ބޮޑު އެއް ފާފަ އެވެ. އެންމެ ނުބައިފާފަ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދުވަހަކުވެސް އެއްވެސް ގައުމެއްގެ މީހުންގެ މައްޗަށް ނުފޮނުއްވާ ވަރުގެ ވަރުގަދަ ކޯފާ އާއި ޢަޛާބު ލިވާޠު ކުރަމުން ދިޔަ ގައުމެއްގެ މީހުންގެ މައްޗަށް ފޮނުއްވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެން އެންމެން އެފަދަ ނުބައި…
ތަފްސީލް
ސ: އަޅުގަނޑަކީ ކިޔަވާ ކުއްޖަކީމެވެ. އަޅުގަޑު ބޭނުންވަނީ ގާރީ އަކަށްވާން. ވީމާ އަޅުގަޑު ކަންތައް ކުރަންވީ ގޮތް ބުނެދެއްވާ؟ ޖ: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ރަގަޅު ކަމަށް އެކަށޭނެ އުސްތާޛެއްގެ އެހީތެރިކަން ހޯއްދަވާށެވެ. އަދި އެއުސްތާޛެއްގެ އިރްޝާދުގެ ދަށުން ކުރިޔަށް ވަޑައިގަންނަވާށެވެ. والله أعلم (ޖަވާބު ދެއްވީ: ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލިހުގެ މެންބަރު އައްޝައިޚް މުޙައްމަދު އިޔާޟް)
ތަފްސީލް