ޝާއިޢު ކުރެވިފައިވާ ލިޔުންތައް: ހެދުންއެޅުމާއި ޒީނަތްތެރިކަން

މިހާރު އަންހެން ކުދިން އަޅާ ކަޅު ހެނދުމުގައި ކުލަ ކުލާގެ ރޭންދާ އަޅާ ފާޑު ފާޑުގެ ގޮތްލާ ތަފާތު ޑިޒައިން ކޮށްފާ ހުރެއެވެ.މިއީ ދީނީ ނަޒަރަކުން ބަލާ ނަމަ ކޮންކަހަލަ ކަމެއެް ތޯ ؟ ހެނދުން ޒީނަތްތެރި ކުރެވޭނެ އެންމެ ބޮޑު މިންވަރަކީ ކޮބާ ތޯ ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: މުސްލިމް އަންހެނުންގެ ހެދުމުގައި އަންނަނިވި ޝަރްޠުތައް ހަމަވާނަމަ މައްސަލަ އެއް ނެތެވެ. އެހެދުމަކީ ހަރުވާޅު ހެދުމަކަށް ވުމުން ނުވަތަ ފައިކުރިޔާއި ހަމަ އަށް ދިގު ހެދުމަކަށް ވުމަކުން މައްސަލަ އެއް ނެތެވެ. މުހިންމީ މިލިޔާ ޝަރްޠުތައް ހަމަވުމެވެ. -     ހަށިގަނޑުން ފޮރުވަން ލާޒިމުވާ ހުރިހާ ތަނެއް ހުންނަން ޖެހޭނީ ފޮރުވިފައެވެ. އެއީ މޫނާއި ދެ އަތްތިލަ ފިޔަވާ ހުރިހާ ތަނެކެވެ….

ޓައީ އެޅުމަކީ އިސްލާމް ދީނުގައި ކޮންކަހަލަގެ ކަމެއްތޯ؟ ބައެއް ބޭފުޅުން އެއީ ޞަލީބެއް ކަމަށް ބުނޭ!

الحمد لله، والصلاة والسلام على نبينا محمد وعلى آله propecia وصحبه وسلم وبعد: ޓައި ގެ އަޞްލަކީ ފިނިތަންތަނުގައި ފިނިން ސަލާމަތްވުމަށް އެބައިމީހުން އަޅަން ފެށި އެއްޗެކެވެ. ޓައި އެޅުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއް ނޫނެވެ. والله أعلم.

އައިނު އެޅުމުގެ ބަދަލުގައި ފިރިހެނުން އަދި އަންހެނުންވެސް ކުލަ ކުލައިގެ ކޮންޓެކްޓް ލެންސް ލޮލަށް ލެއްވުން އެއީ ކޮންކަހަލަ ކަމެއް؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد ލެންސު ލެއްވުމަކީ އޭގެ ޛާތުގައި ގޯސްކަމެއް ނޫނެވެ. ހުއްދަ ކަމެކެވެ. ނަމަވެސް އަންހެނުން ޒީނަތްތެރިކަން ފާޅު ކުރަން ޖެހެނީ އެކަނބަލުންގެ ފިރިންގެ ކުރިމަތީގައި އެކަންޏެވެ. ހިލޭ ފިރިހެނުންގެ cheap antibiotics store ކުރިމަތީގައި ޒީނަތްތެރިކަން ފާޅުކޮށްގެން ނުވާނެއެވެ. والله أعلم

ނަމާދު ކުރާއިރު ބޮޑެތި މާޖަހާފައި ހުންނަ ހެދުން ލުމަކީ ކޮންކަހަލަ ކަމެއްތޯ؟ ވަކި ކަހަލަ ހެދުމަށް އޮވޭތޯ ނަމާދުކުރުމަށް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: މުސްލިމް އަންހެނުންގެ ހެދުމުގައި އަންނަނިވި ޝަރްޠުތައް ހަމަވާނަމަ މައްސަލައެއް ނެތެވެ. އެހެދުމަކީ ހަރުވާޅު ހެދުމަކަށް ވުމުން ނުވަތަ ފައިކުރިޔާއި ހަމަ އަށްދިގު ހެދުމަކަށް ވުމަކުން މައްސަލަ އެއް ނެތެވެ. މުހިންމީ މިލިޔާ ޝަރްޠުތައް ހަމަވުމެވެ. -     ހަށިގަނޑުން ފޮރުވަން ލާޒިމުވާ ހުރިހާތަނެއް ހުންނަން ޖެހޭނީ ފޮރުވިފައެވެ. އެއީ މޫނާއި ދެ އަތްތިލަ ފިޔަވާ ހުރިހާތަނެކެވެ. މޫނާ ދެއަތްތިލަޔާއިމެދު ޚިޔާލުތަފާތުވެފައިވެއެވެ. ނަމަވެސް…

މާތް ﷲ އަށާއި ދީނަށް އުރެދުމެއް ނުވާ ކޮންމެކަމެއްގައި، އަނބިމީހާ ފިރިމީހާއަށް ބޯލަނބަންޖެހޭ ހިނދު، ޖިިލްބާބު ނުލުމަށް ފިރިމީހާ އަމުރުކުރާ ކުރުމާއި މެދު އަޅުގަނޑު ކަންތައްކުރަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ މުސްލިމް އަންހެނުންގެ ހެދުމަކީ ޖިލްބާބް/ޢަބާޔާ ނޫންތޯއެވެ؟ އަޅުގަނޑަށް ވަރަށް ތަފްޟީލުކޮށް ޖަވާބެއް ދެއްވުން ވަރަށް އެދެމެވެ. ޝުކުރިއްޔާ!

އަޅުގަނޑަކީ ޢުމުރުން 14 އަހަރުން ފެށިގެން ބުރުގާ އަޅައިގެން އުޅޭ މީހަކީމެވެ. އެހެންކަމުން ޢުމުރުގެ ގިނަބައި މި ހޭދަވީ މިގޮތުގެ މަތީގައެވެ. ބުރުގާ އެޅީ އެއްވެސް މީހެއްގެ ނުފޫޒެއްނެތި ރަނގަޅުގޮތަކީ އެއީކަމަށް އަމިއްލައަށް ޤަބޫލުކުރެވިގެންނެވެ. އެއިރު ބުރުގާ އެޅުމާ ދެކޮޅަށް ވާހަކަދެއްކެވި އަޅުގަނޑުގެ ޢާއިލާގެ މެންބަރުންނާއި، ރަޙްމަތްތެރިންގެ ވާހަކަތަކަށް އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތި، ފަސްޖެހުމެއްވެސްނެތި މިހުރީ އަޅުގަނޑަށް ރަނގަޅުގޮތްކަމަށް ފެނުނު ގޮތަށް ކަންތައްކޮށް އެގޮތުގައި ސާބިތުވެއެވެ. ބުރުގާއެޅި ދުވަހުންފެށިގެން އަޅުގަނޑުގެ ހެދުމެއް ކަމުގައި ވެފައިވަނީ ހަރުވާޅު ހެދުން…

ފިރިހެނުން ރިހިފަށް އެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ކަރުގައި ފަށްއެޅުމަކީ އަންހެނުންގެ ޒީނަތްތެރި ކަމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ވީމާ، ފިރިހެނަކު ރިހި ފަށެއްވެސް އަދި އެހެން ވައްތަރެއްގެ ފަށެއްވެސް އެޅުމަކީ ހުއްދަ ކަމެއް ނޫނެވެ. والله أعلم. (ޖަވާބު ދެއްވީ: ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު އައްޝައިޚް މުޙައްމަދު އިޔާޟް)

އިސްލާމް ދީނުގައި ބުމަހެދުމަކީ ޙަރާމްކުރައްވާފައިވާ ކަމެއްތޯ؟

الحمد للّـه وحده والصلاة والسلام على من لا نبي بعده. ބުމަ ހެދުމާއި ބެހޭގޮތުން އިމާމް ބުޚާރި އާއި މުސްލިމް އަދި ސުނަނުގެ ބޭކަލުން، އަބްދުﷲ ބުނު މަސްޢޫދުގެ އަރިހުން ރިވާކުރައްވާފައިވާ ޞައްޙައް ޙަދިޘްފުޅެއްގައިވެއެވެ. ((أَنَّ النَّبيَّ صَلَّى الله عَلَيه وَسَلَّمَ لَعَنَ ‏ النَّامِصَات وَالْمُتَنَمِّصَات)) މާނައީ: pills cialis ” މާތް ﷲގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލަހިވަސައްލަމް ބުމަހަދައިދޭމީހާއާއި އަދި ބުމަހަދުވާމީހާއަށް ލަޢުނަތްލެއްވިއެވެ. ” އިސްވެދިޔަ ޙަދީޘުން ބުމަ…