ސުވާލު: ފިރިހެނުން އެކި އިސްތަށި އެކިވަރަށް، އެކި ގޮތްގޮތަށް ކޮށުމަކީ ކޮންކަހަލަ ކަމެއްތޯ؟ ޖަވާބު: الحمدلله والصلاةوالسلام على رسول الله وعلى آله وصحبه، أمابعـد ޢިލްމުވެރިންގެ ވާހަކަ ތަކުން އެނގޭ ގޮތުގައި ބޯ ބޭލުމުގައި ހަ ބާވަތެއް ވެއެވެ. ބޯބޭލުމުގެ ފުރަތަމަ ބާވަތް: ﷲ އަށް ކުއްތަންވުމުގެ ގޮތުން ބޯބޭލުން، މިފަދަ ޙާލަތުގައި އެކަން ކުރުމުން ދަރުމަ އާއި ޘަވާބުވެސް ލިބޭނެއެވެ. މިގޮތަށް ބޯބޭލުން ވަނީ ހަތަރު ތަނެއްގައެވެ. ފުރަތަމަ: ހައްޖުގައި، ދެވަނަ: ޢުމްރާގައި،…
ތަފްސީލް
ސުވާލު: ފިރިހެނުން އަނގޮޓި އެޅުމުގައި ކަން ކުރަންޖެހޭނީ ކޮން އުސޫލަމުންތޯ؟ ކައިވެނި ކުރުމަށްފަހު އަނބިމީހާއާއި ފިރިމީހާ އެކަކު އަނެކަކަށް އަނގޮޓި އަޅުވައިދިނުން އެއީ ކޮންކަހަލަ ކަމެއްތޯ؟ ހުއްދަނަމަ ފިރިމީހާ އަނގޮޓިއެޅުން ރަނގަޅީ ކޮންއަތެއްގެ ކޮން އިނގިއްޔެއްގަތޯ؟ ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ފިރިހެނުންގެ މައްޗަށް ޙަރާމްވެގެންވަނީ ހަމައެކަނި ރަނެވެ. އެނޫން ކޮންމެ މަޢުދަނަކުން ހަދާފައިވާ އަނގޮޓި އެއް އެޅުމަކީ މައްސަލަ އެއް ނޫނެވެ. ނަމަވެސް…
ތަފްސީލް
ސުވާލު: ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދެމަސް ދުވަހުގެ ދިގު ޗުއްޓީ އަކަށް ފަހު 2012 މާރޗް 1 ވަނަ ދުވަހު ޗުއްޓީ ނިންމަވާ މަޖިލީހަށް އަލުން ނިކުންނެވިއެވެ. އެހެންނަމަވެސް، އެދުވަހުން ފެށިގެން އެބޭފުޅުންގެ ތެރެއިން ބަޔަކު ވަނީ މަޖިލިސްތެރޭ ބަޣާވާތްކޮށް ހަމަނުޖެހުން އުފައްދަމުންނެވެ. އެދުވަހުވެސް ކަން ހިނގާ ދިޔައީ އިންސާނަކު ލަދުން ބޯފަޅައިގެންދާ ފަދަ ދަށުދަރަޖަ އަކަށެވެ. ދެން ޖަލްސާ އެއް ބޭއްވުނީ 19މާރޗް 2012 ގައެވެ. އެދުވަހު ބައެެެއް މެމްބަރުން ވަނީ…
ތަފްސީލް
الحمد لله، والصلاة والسلام على من لا نبي بعده، އިސްތަށި ބެހިގެންވަނީ ތިންބަޔަކަށެވެ. ފުރަތަމަ ބަޔަކީ: ދޫކޮށްލާފައި ބެހެއްޓުމަށާއި އެއިން އިސްތައްޓެއް ނުކެޑުމަށް އަންގަވާފައިވާ ބަޔެވެ. މިޘާލަކަށް ތުނބުޅިއާއި ބުމައެވެ. ދެވަނަ ބަޔަކީ: އެތަނަކުން އިސްތަށި ކެނޑުމަށް އަންގަވާފައިވާ ބަޔެވެ، މިޘާލަކަށް ޢާނަތުގެ އިސްތަށިތައް ނުވަތަ ކިހިލިފަތް ދަށުގެ އިސްތަށިތައް. ތިންވަނަ ބަޔަކީ: ވަކިގޮތަކަށް އަންގަވާފައިނުވާ ބަޔެވެ. ކޮށުމަކަށް ވެސް އަދި ނުކޮށުމަކަށްވެސް އެވެ. މިޘާލަކަށް ނޭފަތުގެ އިސްތަށި، އަތުގެޔާއި ފައިގެ އިސްތަށި ފަދަ…
ތަފްސީލް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: މުސްލިމް އަންހެނުންގެ ހެދުމުގައި އަންނަނިވި ޝަރްޠުތައް ހަމަވާނަމަ މައްސަލަ އެއް ނެތެވެ. އެހެދުމަކީ ހަރުވާޅު ހެދުމަކަށް ވުމުން ނުވަތަ ފައިކުރިޔާއި ހަމަ އަށް ދިގު ހެދުމަކަށް ވުމަކުން މައްސަލަ އެއް ނެތެވެ. މުހިންމީ މިލިޔާ ޝަރްޠުތައް ހަމަވުމެވެ. - ހަށިގަނޑުން ފޮރުވަން ލާޒިމުވާ ހުރިހާ ތަނެއް ހުންނަން ޖެހޭނީ ފޮރުވިފައެވެ. އެއީ މޫނާއި ދެ އަތްތިލަ ފިޔަވާ ހުރިހާ ތަނެކެވެ….
ތަފްސީލް
الحمد لله، والصلاة والسلام على نبينا محمد وعلى آله propecia وصحبه وسلم وبعد: ޓައި ގެ އަޞްލަކީ ފިނިތަންތަނުގައި ފިނިން ސަލާމަތްވުމަށް އެބައިމީހުން އަޅަން ފެށި އެއްޗެކެވެ. ޓައި އެޅުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއް ނޫނެވެ. والله أعلم.
ތަފްސީލް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد ލެންސު ލެއްވުމަކީ އޭގެ ޛާތުގައި ގޯސްކަމެއް ނޫނެވެ. ހުއްދަ ކަމެކެވެ. ނަމަވެސް އަންހެނުން ޒީނަތްތެރިކަން ފާޅު ކުރަން ޖެހެނީ އެކަނބަލުންގެ ފިރިންގެ ކުރިމަތީގައި އެކަންޏެވެ. ހިލޭ ފިރިހެނުންގެ cheap antibiotics store ކުރިމަތީގައި ޒީނަތްތެރިކަން ފާޅުކޮށްގެން ނުވާނެއެވެ. والله أعلم
ތަފްސީލް