މިހާރަކަށް އައިސް މަގުމަތީގައި ބައެއް ބޭފުޅުން އުޅުއްވަނިކޮށް ބިރުދައްކައި، މާރާމާރީ ހިންގައި، ޢިއްޒަތްތެރި ބޭފުޅުންގެ އަބުރުނަގާލައި، ހުތުރު އެއްޗެހި ކިޔައި ހަދާތަން މަގުމަތީގައި ވަރަށް ގިނައިން ފެންނަމުން އެބަދެއެވެ. މީހަކު ކޮންމެފަދަ މަޤާމެއްގައި ހުރިކަމުގައިވިއަސް އެމަޤާމުގެ ޙައިސިއްޔަތުން އެމީހަކަށް ޢިއްޒަތްކުރަންވާނެއެވެ. މިއީ ކޮންމެ ޙައިސއްޔަތަކުން ބެލިކަމުގައިވިއަސް، ކުރަންޖެހޭ، ރިވެތި އުޞޫލާއި އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އިހަށް ދުވަހު އިވިގެން އެދިޔައީ، ރައްޔިތުންގެ މަޖްލީހުގެ ރައީސަށް ބަޔަކު ބިރުދައްކައި އެމަނިކުފާނު ޙިޞާރުކުރަން އުޅުނުވާހަކައެވެ. މިފަދަ ޢަމަލުތަކަކީ މިއީ އެއްވެސް ޙާލެއްގައި ކޮށްގެންވާނޭ ކަމެއްނޫނެވެ. މިފަދަ ޢަމަލުތަކަކީ އަޚްލާޤީ ގޮތުން ވަރަށް ދަށް ޢަމަލުތަކެކެވެ. މިޢަމަލުތަކަކީ އިންތިހާއަށް ކުށްވެރި ކުރަންޖެހޭ ޢަމަލުތަކެވެ. މިފުރުޞަތުގައި ދައުލަތުގެ މުއައްސަސާއެއްގެ މަތީ އެއްވެސް ވެރިޔަކަށް މިފަދަ ކަމެއް ކުރިމަތި ނުކުރުމަށް އެންމެހާ ފަރާތްތަކަށް ނަޞޭޙަތްތެރިވަމެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ ހެޔޮބަސް އިއްވުމެވެ.




{ 2 ކޮމެންޓް }
heevanee, vaki izzath theri beyfulhun ekanneh noon. aa dhaige raayithunge ves aburu nagaalan masakkaiy koggen nuvaane. Maaiy Allah adam ge dharin hedhdhevee izzaiytheeri eh, nikamechcheh , faqeeru eh thafaathu kuraavvaa fa eh noon..emmen ves hama hama vaan jeheyne.nikamechcheh veemaa abureh ovefai,beyfulhaku veema aburehovefai, veri aku veemaa abureh onna osool raajeygai onnan vejjenama e ee varah hithaama kuran jehey kameh.s
Mariyam thiya negevi nukuthaavess rangalhu..ekamaku..maigandu suruhee ah ,adhi eyge thafseelah raddhu dhinumah vure liunu beyfulhaa ah shukuruverive,, e suruhee ah ithuru islaah gennan jehenyaa kamah mention kurevunu nama..thankolheh balaa aaghaatherivees..,,,Hama gaimu ebeyfulhaa geves ilthimaasakee eyee,,ekamaku mivaguthu maagoas vegen ulhee bodukamakah veetheeve islaamdheenuga onna reethi usoolun ,,thandhoru dhanna murushidhege vaajibeeh ge gothun ebeyfulhaa ge mivaguthu hiyaalufulhugai huri mi bodu kanthah..lobuvethi akhun nah handhaakoh dhinun kan …haadha haavaa rangalheve..shukuriyya dr shaheem..
sharm el sheikhun