މަގުމަތީގައި ހަދަމުންދާ ކޯޓުތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެންނަންވެއްޖެއެވެ.

by މުޙައްމަދު ޝަހީމް ޢަލީ ސަޢީދު on ،ޖުލައި 22, 2010

މަގުމަތީގައި ކޯޓުތައް ހަދައިގެން މީސްތަކުންގެ އަބުރު ނަގާލާއި، ދައުލަތުގެ މުޅި ޝަރުޢީ ނިޒާމުގެ އަގު ވައްޓާލާ މަގުމަތީގައި އިންޞާފު ޤާއިމުކުރުމުގެ ނަމުގައި ހިންގަމުންދާ ޣައިރު ޤާނޫނީ ޙަރަކާތްތައް މިހާރުން މިހާރަށް ވެސް ހުއްޓުމަކަށް ގެންނައުމަށް ގޮވާލަމެވެ. މިފަދަ ޢަމަލީ ޣައިރު ޤާނޫނީ ޢަމަލުތަކެއް ކަމުގައި ބަންޑާރަނައިބާއި، ޤައުމުގެ ޤާނޫނީ އަހުލުވެރިން ތަކުރާރުކޮށް އަންގަވަމުންއެބަދެއެވެ. ޝައްކެތް ނެތްގޮތުގައި މިފަދަ ޙަރަކާތްތައް ހިންގުމަކީ މުޅި ޤައުމުގެ ދާޚިލީ މަޞްލަޙަތުތައް ފުނޑުފުނޑުވެގެން ހިނގައިދާނެ ކަންކަމެވެ. އަދި މިފަދަ ޒިންމާދާރުކަން ކުޑަ ޙަރަކާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެއްކިބާވުމަށް ވެސް ގޮވާލަމެވެ. އަދި ކަންކަން ހިންގުމުގައި ޤާނޫނީ އިމުގެ ތެރެއިން ކަންކަން ހިންގުމަށް އެންމެހާ ފަރާތްތަކަށް ނަޞޭޙަތްތެރިވެ އިލްތިމާސްކުރަމެވެ. އަޅުގަނޑުމެން އަބަދުވެސް ހުރިހާ ފަރާތްތަކަށް ނަޞޭޙަތްތެރިވަނީ ޤައުމުގެ މަޞްލަޙަތު އިސްކުރުމަށެވެ. އެހެން ނޫނީ ޤައުމުގެ މުސްތަޤުބަލް ގެއްލުމާ ހަލާކުގެ ތެރެއަށްވެއްޓިގެން ހިނގައިދާނެއެވެ.
ކޯޓުތަކުގެ ތެރެއިން ނާޖާއިޒު ކަންތަކެއް ކުރެވޭކަމަށް ޤަބޫލުކުރެވޭނަމަ، އަޅުގަނޑު ދެކޭގޮތުގައި އެކަންކަންޖެހޭނީ އެކަމާމެދު އޮތް ޤާނޫނީ ހަމަތަކުގެ ތެރެއިން އިޞްލާޙުކުރެވޭތޯ ބެލުމަށެވެ.