ޢަދާލަތުޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއާއި ބައްދަލުކުރައްވައިފި

by Admin on ،ޖުލައި 9, 2010

ޢަދާލަތުޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖްލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ޢަދާލަތުޕާޓީގެ ފަރާތުން މަޝްވަރާކޮށްފައިވަނީ އަދުގެ ޤައުމުގެ ޙާލަތާމެދުގައެވެ. ޢަދާލަތުޕާޓީން އެދެނީ ޤައުމުގެ ކަންކަން މަޞްލަޙަތު ހުރި ގޮތައް ކުރިއަށް ދިއުންކަމަށާއި، ރައްޔިތުންގެ މަޖްލީސް ފަދަ ޤަދަރު އުފުލިގެންވާ ދައުލަތުގެ މަތިވެރި މުއައްސަސާއަކަށް ޞުލްޙަވެރި ދައުރެއް އަދާކުރެވިދާނެކަމުގައި ޔަޤީންކަން ޢަދާލަތަށް އޮތްކަމަށާއި، އަދި މަޖްލިސްގެ ރައީސް އަށް ޤައުމުގެ ކަންކަން ހެޔޮމަގުން ގެންދެވިދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށާއި، ޤައުމަށް މަންފާ ހުރި އެންމެހާ ކަންކަން ޞުލްޙަވެރި މަގުން ގެންދެވުމަށް ބާރުއަޅުއްވާ ދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް މަޖްލީހުގެ ރައީސް އަރިހުގައި ޕާޓީން ވަނީ އެދިފައެވެ.

ޢަދާލަތުޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖްލީހުގެ ކަންކަމުގައި މަޝްވަރާކޮށްލުމަށް މަޖްލިސްގެ ރައީސްއާ ބައްދަލުކުރިކަމީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ވެސް ބޮޑު އުފަލެއްކަމުގައި މަޖްލިސްގެ ރައީސް ވިދާޅުވިއެވެ. އަދި ޢަދާލަތުޕާޓީގެ ފަރާތުން ވަޑައިގެންނެވި ވަފުދަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވަރަށް އިޙްތިރާމް އަދާކުރައްވައި މަރުޙަބާ ވިދާޅުވިއެވެ. މި ބައްދަލުވުން އެއްގަޑިއިރަށް ދެމިގެން ދިޔައެވެ. މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ވަރަށް އެކުވެރި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މަޖްލިސްގެ އަމީން ޢާއްމު އަލްއުސްތާޛު އަޙްމަދު މުޙައްމަދު ބައިވެރިވެލެއްވިއެވެ.

ޢަދާލަތުޕާޓީގެ ފަރާތުން ބައިވެރިވެލެއްވީ ޢިލްމުވެރިންގެ މަޖްލީހުގެ ރައީސް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއާއި، ޕާޓީގެ ރައީސް އައްޝައިޚު ޙުސައިން ރަޝީދު އަޙްމަދާއި، ޢިލްމުވެރިންގެ މަޖްލީހުގެ މެންބަރ އައްޝައިޚު މުޙައްމަދު ޝަހީމްއާއި، ޤާނޫނީ މުޝީރު އަލްއުސްތާޛު އަސަދުﷲ ޝާފީއެވެ.

{ 3 ކޮމެންޓް }

މާހިރު، ހުޅުދޫ ،ޖުލައި 10, 2010 at 2:46 pm

އިންސާނުންގެ ތެރެއިން އެންމެ އަދުލުވެރި ބަޔަކީ، އަމިއްލަ މަސްލަހަތަށް ވުރެ، އަނެކުންގެ މަސްލަހަތަށް އިސްކަން ދޭމީހާއެވެ. މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސަކީ، ސިޔާސީ ގޮތުން މުޅި އުއްމަތުގެ މަސްލަޙަތު ހިމާޔަތް ކުރުމުގެ ގޮތުން ތިމާގެ އަމިއްލަ އެދުންތަކަށް ވުރެ، ބޮޑަށް ގައުމާއި، ރައްޔިތުންގެ މަސްލަހަތު އިސްކޮށް ދިވެހި ލޮބުވެތި ރައްޔިތުންނަށް ދައްކަންޖެހޭ، ވަގުތު މިއޮތީ ގައުމަށް ކުރިމަތިވެފައެވެ. ސުއާލަކީ، 30 އަހަރުވީ ޚުދުމުޚުތާރު ވެރިކަމުގެ ތެރޭގައި އުޅުއްވާ އެވެރިކަމުގެ އިސްވެރިއާ ވެރިކަމުގައި އިންނަވާ އުފެއްދި ޑީއާރުޕީގެ މެންބަރެއްގެ ނުވަތަ އިސްމަގާމެއްގެ ގޮތުން އަބްދުއްﷲ ޝާހިދު އިންނަވާ ފިޠުރީ ހަމަތަކުގެ މަތީން ދުނިޔެވީ ޙަޔާތުގެ ތެރޭގައި ބަދަލުވަމުން އަންނަ އިސްލާހީ ބަދަލުތަކަށް މަރުޙަބާ ކިއުމުގެ ހެއުވިސްނުމާއި، އެފިކުރު އަބްދުއްﷲ ޝާހިދުގެ ޠަބީޢީ ސީޔަރަތުގައި އެބަހުރި ހެއްޔެވެ؟

mariyam ،ޖުލައި 10, 2010 at 7:05 pm

kaamiyaabu gotheh neyge. shaahid ge vaahaka reethivaane. amal dhimaleh nuvaane.

naseer ،ޖުލައި 13, 2010 at 10:53 am

alhugandu edhenee thiyabeyfulhunves mi goas sarukaaru dhookuravvaa ekuveri ithihaadheh gai baiverivelevvun. mi sarukaaruge siyaasath ehaaragalheh noon. dheenee muaa hadhaaehge dhashun namaves ehenbayakaa gulhigen ulhuvvun nuvatha ekani ulhuvvun mi meehunnah vure ragalhukamah alhugadah feney. mimeehun dheenah varah nafrath kurey dheenaa idhikolhu kanthahthah kurumah hivvarudheykan faahagakurevey. veemaa mimeehunaadhurah vadaigennevun ragalhuvaanekamah dhannavan.