އައްޑޫގައި ހުރި ޕީކޭ ރިލޭފް ފަންޑުގެ ފޮށި

by Admin ،އޯގަސްޓް 28, 2010

އައްޑޫ އަތޮޅުގައި ބެހެއްޓިފައިހުރި ޕާކިސްތާނަށް އެހީތެރިކަން ދިނުމަށް ހުޅުވާލެވިފައިހުރި ފަންޑު ފޮށްޓަށް ރެއާހަމައަށް ޖަމާކުރެވިފައިހުރި ފައިސާގެ ޖުމްލައަކީ 34796.00 (ތިރީސް ހަތަރުހާސް ހަތްސަތޭކަ ނުވަދިހަ ހަރުފިޔާ) އެވެ. މިފޮށި ބެހެއްޓިފައި ހުރީ ސ. ހިތަދޫ ޕްލާޒާ ޕްލަސް ގައެވެ.

އިތުރަށް ވިދާޅުވުމަށް...

ޝައިޚު އިދްރީސް ގދ. އަތޮޅުގައި

by Admin ،އޯގަސްޓް 28, 2010

ޢަދާލަތު ޕާޓީގެ ފަރާތުން ރަމަޟާން މަސް އިޙްޔާކުރުމުގެ ޕްރޮގްރާމުގެ ދަށުން ދީނީ ނަޞީޙަތް ދެއްވުމުގެ ސިލްސިލާ ޕްރޮގްރާމު މިހާރު ހިނގަމުންދަނީ ގދ. އަތޮޅުގައެވެ. އެއަތޮޅުގެ ގެމަނަފުއްޓާއި ފަރެހާއި މާތޮޑާގައި ނަޞީޙަތް ދެއްވުމަށް ފަހު މިއަދު ޝައިޚު އިދްރީސް އާއި ޝައިޚު ރުޝްދީ ވަޑައިގަންނަވާނީ ތިނަދޫއަށެވެ. އެރަށުގައި މިރޭ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ވިދާޅުވުމަށް...

އައްޑޫ އަތޮޅުގައި ޕީކޭ ރިލީފް ފަންޑު ފޮށްޓެއް ހުޅުވިއްޖެ

by Admin ،އޯގަސްޓް 26, 2010

ޢަދާލަތު ޕާޓީން އިސްނަގައިގެން ހިންގަމުންދާ ޕާކިސްތާނަށް އެހީތެރިވުމުގެ ފަންޑު ފޮށްޓެއް ރޭ އައްޑޫ އަތޮޅުގައި ހުޅުވައިފިއެވެ. މިއީ މުޅި އަތޮޅަށް އަމާޒުކޮށްގެން ހުޅުވުނު ފޮށްޓެކެވެ. ފޮށި ހުޅުވުމުގެ އިފްތިތާޙީ ޖަލްސާ އޮތީ ރޭ އައްޑޫ އަތޮޅު ހިތަދޫ، އިސްލާމިއްޔާ ސްކޫލުގައެވެ. ފޮށި ހުޅުވާދެއްވުމަށް ވަޑައިގަތީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ. ރޭގެ ފޮށި ހުޅުވި ވަގުތުގައި 15880.00 (ފަނަރަހާސް އަށްސަތޭކަ އަށްޑިހަ ރުފިޔާ) ފޮށްޓަށް [...]

އިތުރަށް ވިދާޅުވުމަށް...

ރ.އަތޮޅު ކިނޮޅަހުގައި ޖަމްޢިއްޔަތުލް އިއްތިޙާދުގެ ފަރާތުން ފަންޑު ފޮށްޓެއް

by Admin ،އޯގަސްޓް 25, 2010

ޕާކިސްތާނުގައި ޙާލުގައިޖެހިފައި ތިބި މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވުމުގެ މަޤުޞަދުގައި ޢަދާލަތު ޕާޓީން ހިންގަމުންދާ ޕީކޭ ރިލީފް ފަންޑަށް އެހީތެރިކަން ދިނުމުގެ ގޮތުން ރ. އަތޮޅު ކިނޮޅަހުގެ ޒުވާނުން ހިންގަމުންދާ ޖަމްޢިއްޔަތުލް އިއްތިޙާދުގެ ފަރާތުން އެރަށުގައި މިހާރުވަނީ ފަންޑު ފޮށްޓެއް ބަހައްޓާފައެވެ. ވުމާއެކު އެޖަމްޢިއްޔާގެ ފަރާތުން އެދެނީ ކިނޮޅަސްގެ ހެއުއެދިވަޑައިގަންނަވާ އެންމެހައި ބޭފުޅުން މިފޮށްޓަށް އެބޭފުޅުންގެ ދީލަތި އެހީތަށް ލެއްވުމަށެވެ.

އިތުރަށް ވިދާޅުވުމަށް...

ޕާޓީގެ ފުއައްމުލަކު ގޮފީގެ ފަންޑު ފޮށިތަކުގެ ހިސާބު

by Admin ،އޯގަސްޓް 25, 2010

ޢަދާލަތު ޕާޓީގެ ފަރާތުން އިސްނަގައިގެން ޕާކިސްތާނަށް އެހީތެރިވުމުގެ ގޮތުން ހުޅުވައިގެން އުޅޭ ފަންޑު ފޮށިތަކުގެ ތެރެއިން ޕާޓީގެ ފުއައްމުލަކު ގޮފީގެ ފަރާތުން ހުޅުވާފައިހުރި ތިން ފޮށްޓަށް 23 އޯގަސްޓާ ހަމައަށް ލިބިފައިވަނީ 47630.00 (ސަތާޅީސް ހާސް ހަސަތޭކަ ތިރީސް ރުފިޔާ) އެވެ. މިފައިސާ މިހާރުވަނީ ޢަދާލަތު ޕާޓީން ހުޅުވާފައިހުރި ޕީކޭ ރިލީފް ފަންޑު އެކައުންޓަށް ޖަމާކުރެވިފައެވެ.

އިތުރަށް ވިދާޅުވުމަށް...

ޝައިޚު އިދްރީސް ދަރުސު ސިލްސިލާއެއްގައި

by Admin ،އޯގަސްޓް 24, 2010

ޢަދާލަތު ޕާޓީގެ ފަރާތުން ރޯދަމަސް އިޙްޔާކުރުމުގެ ޕްރޮގްރާމުގެ ދަށުން ފަޟީލަތުއްޝައިޚު އިދްރީސް ޙުސައިނުއާއި ފަޟީލަތުއްޝައިޚު އިބްރާހީމް ރުޝްދީ މިހާރު ވަނީ ހދ. އަތޮޅުގެ ބައެއް ރަށްރަށުގައި ދީނީ ނަޞީޙަތް ދެއްވުމަށް ވަޑައިގެންފައެވެ. މިގޮތުން މިއަދު ހދ. ކުޅުދުއްފުށީގައި އުޅުއްވުމަށްފަހު މިރޭ ވަޑައިގަންނަވާނީ ހއ. ބާރަށަށެވެ. އަދި މާދަން އޮންނާނީ ހދ. ހަނިމާދޫގައެވެ.

އިތުރަށް ވިދާޅުވުމަށް...

މިއަދުގެ ޕީކޭ ރިލީފް ފަންޑުގެ ޖުމްލަ

by Admin ،އޯގަސްޓް 23, 2010

ޢަދާލަތު ޕާޓީން އިސް ނަގައިގެން ޕާކިސްތާނަށް އެހީތެރިކަން ދިނުމުގެ ގޮތުން ހުޅުވާފައިވާ ޕީކޭ ރިލީފް ފަންޑަށް މިއަދާހަމައަށް (23 އޯގަސްޓް، ހޯމައާ ހަމައަށް) ލިބިފައިވަނީ 627089.90 (ހަލައްކަ ހަތާވީސްހާސް ނަވާހި ރުފިޔާ، ނުވަދިހަލާރި) އެވެ. މިއީ މާލެއިން ބޭރުގައި ބެހެއްޓިފައިހުރި ފޮށިތަކަށް ލިބެމުންދާ އެހީއާ ނުލައެވެ. ލޮބުވެތި ދިވެހި މުވާޠިނުންނޭވެ! ތިމާމެންނަށް މާތް ﷲ ދެއްވި މުދަލުން، ﷲއަށްޓަކައި ހޭދައެއްކުރެވޭތޯ ބަލަމާހިނގާށެވެ! އެއިލާހުގެ މަގުގައި ހޭދަކުރެވޭ އެންމެ ފައިސާ ފޮއްޗެއްގެ ދަރުމަ އެއިލާހުގެ ޙަޟުރަތުގައި ހަތްސަތޭކަ ގުނައަށް [...]

އިތުރަށް ވިދާޅުވުމަށް...