ހަމަކަށަވަރުން ވެސް ކީރިތި ޤުރްއާނަކީ ﷲގެ މަތިވެރި ކަލާމްފުޅެވެ. އެއީ އެކަލާނގެ އެންމެ ފަހުގެ ރިސާލަތެވެ. ކީރިތި ޤުރްއާނަކީ ޢަދުލުވެރިކަމާއި އިންޞާފުގެ މަގަށް އިންސާނިއްޔަތައް ގޮވާލި ފޮތެވެ. އަނދިރިކަމުގެ ތެރެއިން އަލިކަމުގެ އައްސޭރިއަށް އިންސާނިއްޔަތު ގެނެސްދިން ފޮތެވެ. ޖަހާލަތުގެ އަނދިރި ކަމާއި ޝިރުކުގެ ނުބައިކަމުން ސަލާމަތްވުމަށް ގޮވާލި ފޮތެވެ. ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށާއި، ތިމާމެންގެ އަތުން ހަދާފައިވާ ބުދުތަކަށާއި، އިންސާނުން، އިންސާނުންނަށް އަޅުކަންކުރުމުން އެއްކިބާވުމަށް ގޮވާލި ފޮތެވެ. ނުޙައްޤުން ފުރާނައެއް ދުއްވާނުލުމަށާއި، އިސްލާމްދީން ނޫން ދީންތަކުގެ މީހުންނާ [...]



