ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖްލިސްގެ ބަސް

ނަންބަރު: 8/2012/ޕީއާރު/އޭޕީ

 

ނޫސްބަޔާން

 

 

ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖްލިސްގެ ބަސް

 

الحمد لله رب العالمين، والعاقبة للمتقين، ولاعدوان إلا على الظالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، ومن تبعهم بإحسان إلى يوم الدين، وبعد:

ދިވެހިރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމާ ގުޅިގެން، މިކަންކަން ރަނގަޅަށް ދިރާސާކޮށް، މިކަންކަން  ހިނގަމުންދާ ސަބަބުތަކާއި، މަޤްޞަދު ބަލައި، ޤައުމުގެ މަޞްލަޙަތާއި މުސްތަޤްބަލާމެދު ވިސްނައި ދަންނަވަމެވެ.

ދިވެހިރާއްޖޭގައި ފެށިގެން އުޅޭ ކަންތައްތައް ފެށިގެން މިއުޅެނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފަށް ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމުގެ ކަރާމަތާއި ހައިބަތު ނަގައި، ޤާނޫނު އަސާސީގެ ތަރަހައިން ބޭރުން ޖިނާއީ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު، ގެއަށް ރޭގަނޑުގެ ވަގުތެއްގައި ޢަސްކަރީ ބާރުތަކުން ވަދެ، އޭނާ ހިފައި ހައްޔަރު ކުރުމާއި، ދިވެހިރާއްޖޭގެ ޖިނާއީ ކޯޓާއި، ހައިކޯޓާއި، ސްޕްރީމް ކޯޓާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރަށް ދިވެހި ސަރުކާރުން ނުކިޔަމަންތެރިވުމުގެ ސަބަބުންނާއި، ޤާނޫނާ ޚިލާފަށް ސަރުކާރުން ހިންގާ ކަންކަމުގެ ސަބަބުންނެވެ.  ސަރުކާރުން ޢަދުލުގެ ނިޒާމާ ދެކޮޅަށް ހިނގަމުންދާ ކަންކަމަކީ ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް ހިނގަމުންދާ ކަންތައްތަކެއްކަމަށް ދިވެހިރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ޤާނޫނީ މާހިރުންވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ޖިނާއީކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބުދުﷲ މުޙައްމަދު ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގު ރޭގައި  އޭނާ އުޅުއްވާ ގެކޮޅަށް ގަދަކަމުން ވަދެ ހިފާ ހައްޔަރު ކުރެއްވި ކުރެއްވުމަކީ ޤާނޫނޫ އަސާސީ އާއި ކަމާއިބެހޭ ޤާނޫނު ތަކާއި ޚިލާފަށް ކުރައްވާފައިވާ ކަމެއްކަމަށް، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ޢަމުރު ނެރުއްވާކަން ފަހަގަ ކުރަމެވެ.

ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލީހުން ޤަބޫލްކުރާގޮތުގައި 23 ޑިސެމްބަރ އިއްތިޙާދުން، ހިންގަމުންދާ ޞުލްޙަވެރި އެއްވުންތަކަކީ، ޤާނޫއާސީން ލިބިދީފައިވާ ޙައްޤުތަކާ އެއްގޮތަށް ހިނގާ،އަދި ޝަރީޢަތުގެ ނަޒަރުން ބަލާއިރު ޖާއިޒް މަޤާޞިދުތަކެއްގެ މައްޗަށް ބިނާވެގެންވާ އެއްވުންތަކެއްކަމުގައި މިމަޖްލިސް ދެކެއެވެ. އެހެނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.( انصر أخاك ظالماً أو مظلوماً، فقال: رجل يا رسول الله صلى الله عليه وسلم أنصره إذ كان مظلوماً، أفرأيت إذا كان ظالماً كيف أنصره؟! قال: تحجزه أو تمنعه من الظلم، فإن ذلك نصره.  ) ތިބާގެ އަނިޔާވެރި އަޚާއާއި، އަނިޔާ ލިބިފައިވާ އަޚާއަށް ނަޞްރު ދޭށެވެ! މީހަކު ދެންނެވިއެވެ! އޭ ﷲގެ ރަސޫލާއެވެ! އަނިޔާ ލިބިފައިވާ އަޚާއަށް ނަޞްދިނުން އެނގެއެވެ. ފަހެ، އަނިޔާވެރި އަޚާއަށް ނަޞްރު ދޭނީ ކިހިނަކުންތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އަނިޔާވެރިޔާއަށް ނަޞްރު ދިނުމަކީ އޭނާ ކުރަމުންދާ އަނިޔާ ހުއްޓުވުމެވެ. ނުވަތަ އެއަނިޔާވެރި ޢަމަލުތަކަށް ހުރަސް އެޅުމެވެ.”

މިފަދަ ފުރްޞަތެއްގައި، ޤައުމުގެ މަޞްލަޙަތާއި، ސިލްމާއި ސަލާމަތާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ޙިމާޔަތްކުރުމުގައި އިސްވެ ބަސް ވިދާޅުވާން ޖެހޭނެ އެއް ބަޔަކީ ރާއްޖެ ޢިލްމުވެރިންކަމުން، ރާއްޖޭގެ އެންމެހާ ޢިލްމުވެރިން ދައުލަތުގެ އެންމެ މަތީ އެއް ބާރުކަމުގައިވާ ޢަދުލުގެ ނިޒާމުގެ ދިފާޢުގައި ތެދުވެވަޑައިގަތުމަށް ގޮވާލަމެވެ. ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލީހުން ޤަބޫލްކުރާގޮތުގައި، ދިވެހި ސަރުކާރުން ޢަދުލުގެ ނިޒާމުގެ ޤަދަރުކުޑަކޮށް، ޖިނާއީ ކޯޓުގެ އިސްޤާޟީ ޙައްޔަރުކޮށްފައިވަނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފަށެވެ. އޭނާ ބަންދުކުރިފަހުން، އޭނާއަށް ޤާނޫނުގެ ރައްކާތެރިކަން ލިބިފައިނުވުމާއެކު، މިހާރުން މިހާރަށް އޭނާ ދޫކޮށްލުމަށް ޢަސްކަރީ ބާރުތަކަށް ގޮވާލަމެވެ. އަދި މިޣައިރު ޤާނޫނީ ޢަމަލުހިންގާފައިވާ އެންމެހާ ފަރާތްތަކާ މެދު  ފިޔަވަޅު އެޅުމަށް ވެސް ގޮވާލަމެވެ.

ރާއްޖޭގައި ހިނގަމުންދާ ޞުލްޙަވެރި އެއްވުންތަކަކީ، އިސްވެ ދެންނެވި ސަބަބުތަކާ ގުޅިގެން ހިނގަމުންދާ އެއްވުންތަކެއްކަމުގައި ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލިސް ދެކެއެވެ. މިހެންކަމުން ރައްޔިތުން ހިންގަމުންދާ ޞުލްޙަވެރި ޙަރަކާތްތަކުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމާއި، ކޮންމެ ކަމެއްކުރުމުގައި ވެސް އިސްލާމްދީނުގައި ބަޔާންވެގެންވާ އަޚްލާޤީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަޞިއްޔަތްކުރަމެވެ. މިގޮތުން މީސްތަކުންގެ ފުރާނައާއި، ގެދޮރާއި، ދައުލަތުގެ މުދަލާއި، މުއައްސަސާތަކާއި، ގަސްގަހާ ގެއްސަށް އެއްވެސް ގެއްލުމެއްދީގެން ނުވާނެއެވެ. އަދި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، ނުޙައްޤުން އެއްވެސް މީހަކަށް އަނިޔާއެއް ނުދިނުމަށް ނަޞޭޙަތްތެރިވަމެވެ. އަދި ޞުލްޙަވެރި އެއްވުންތަކުގެ ތެރެއަށް ވަދެ ފިތުނަ އުފެދި މަޞްލަޙަތު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުހިންގުމަށް އެންމެހާ ފަރާތްކަށް އިލްތިމާސްކުރަމެވެ.

މިއާއެކު، ޤާނޫނާ ޚިލާފަށް ކުރެވޭ އެއްވެސް އަމުރަކަށް ކިޔަމަންތެރިކަން އަދާނުކުރެއްވުމަށް ދިވެހި ފުލުހުންނަށާއި، ޤައުމީ ސަލާމަތާ ބެހޭ ބާރަށް ނަޞޭޙަތްތެރިވަމެވެ.

ނިންމާލަމުން، ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއަށް ވެންނެވުމަށާއި، ޤައުމުގެ ވަޙްދަތާއި އެއްބައިވަންތަކަމާއި، މީހުންގެ ފުރާނައާއި ލޭ ޙިމާޔަތްކުރެއްވައި، ރައްޔިތުންނާމެދު އޯގާތެރިވެވަޑައިގަތުމަށާއި، އެއުރެންގެ އަޑު އެއްސެވުމަށް ދައުލަތުގެ ވަލިއްޔުލްއަމުރަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ.

26 ޖެނުއަރީ 2012

ޢިލްމުވެރިންގެ މަޖިލިސް

                                                                  ޢަދާލަތު ޕާޓީ

3 Responses to ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖްލިސްގެ ބަސް
  1. ދދ
    January 26, 2012 - الخميس 04 ربيع الأول 1433 | 15:29

    އެމްޑީޕީ ސަރުކާރަކީ ނިޒާމުން ބޭރުވެފައިވާ ބާޢީ ސަރުކާރެއް ނޫންބާ؟

  2. ޙުސެން
    January 26, 2012 - الخميس 04 ربيع الأول 1433 | 17:08

    ވަރައްފުރިހަމަ ލިއުމެއް
    ޢަދާލަތުޕާޓީއައް ސާބަސް
    މިފަދަ ލިއުންތައް ގިނަކުރުމަށް ގޮވާލަން

  3. zidan
    January 29, 2012 - الأحد 07 ربيع الأول 1433 | 06:00

    MDP ge laa dheenee khiyaalu thakah gazeenaai coat thah thabaa nuvaa haa hidhaku ebaimeehun gaboolu kuraa kahala insaafuveri gaazeen fandiyaarun-neh migamugai nuthibeyne eve

    Misarukaarakee dhivehi rayyithun beynunvaa goi aduahaa sarukaareh noon misarukaaru beynun vanee yahoodheenge saportaai thaa eidu dolaruge dhahivethikamugai mulhi gamu vikkaa lai fai mibaimeehun filaane

    hamayageenunves engey ecchakee verikan vettijiyya mibai meehun migaumun filaigen dheveytho hurihaa gothakun balaane kan